English Edition
Dhivehi Edition

 

މުއްދަތު ހަމަވާ އައިޑީ ކާޑުތައް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޑީއެންއާރުން މިއަދު ނެރުނު އިއުލާނެއްގައި ވާގޮތުން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭނެ އެންމެ ފަހު ތާރީޚުގެ ގޮތުގައި ކުރިން ޖޫން މަސް އޮތްކަމުގައިވިޔަސް އެތާރީހު މިހާރުވަނީ އޮގަސްޓްމަހަށް އިތުރުކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ޑީއެންއާރުން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެހެންނަމަވެސް އައިޑީ ކާޑު މެދުވެރިކޮށް ދެވޭ ޚިދުމަތްތަކަށް ބުރޫއެރިޔަ ނުދިނުމުގެ ގޮތުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޚިދުމަތްތައް ލިބޭގޮތަށް ވަނީ ކަނޑައަޅާފައެވެ.

މިހުއްދައިގެ ދަށުން އަލަށް އުފަންވާ ކުދިންނާއި އައިޑީ ކާޑު ގެއްލިފައިވާ މީހުން އުފަންދުވަހުގެ ސެޓްފިކެޓާއި، ޕާސްޕޯޓު، ޑްރައިވިންގް ލައިސަންސް ނުވަތަ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް މުއްދަތު ހަމަވާ އައިޑީ ކާޑުގެ ނަމްބަރަށް ބަލައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.