English Edition
Dhivehi Edition

ކަރަން ޖޯހަރު އާއި ކާޖޮލްގެ ހީނަރުވެފައިވާ ގުޅުން ރަނ ގަޅުވެފައިވާއިރު އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް މަޝްހޫރު ފިލްމީ ތަރި އަދި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ބުނެފިއެވެ.

“އަހަރެންނަކީ އެއްވެސް ދުވަސްވަރެއްގައި އަހަރެންގެ ޕާސަނަލް ވާހަކަދައްކާ މީހެއް ނޫން. އަދި ތީ ވަރަށް ޕާސަނަލް ކަމެއް.އެހެންކަމުން ތިކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން”އަޖޭވަނީ ބުނެފައެވެ

ކަރަންގެ އޭ ދިލްހޭ މުޝްކިލް އާއި އަޖޭގެ ޝިވާއީ އެއްދުވަހެއްގައި ރިލީޒްކުރަން ހަމަޖެހުމުން އުފެދުނު ހިތްހަމަނުޖެހުންތަކުގައި ކަރަން އާއި ކާޖޮލްގެ 25 އަހަރުވީ އެކުވެރިކަމަށްވަނީ ނިމުމެއް އައިސްފައެވެ.ކާޖޮލް ފިރިމީހާ އަޖޭގެ ކޮޅަށް ވަކާލާތުކުރުމުން ކަރަންވަނީ އެކަމާއި ހިތްހަމަނުޖެހި ގިނަ ވާހަކަތަކެއް ދައްކާފައެވެ.

މި ދިޔަ ފެބްރުއަރީމަހު މި މައްސަލަތަކާ ގުޅިގެން ކަރަން ކާޖޮލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު އަޖޭވަނީ ކަރަންއަށް ގުޅުމަށްފަހު ކާޖޮލްގެ ވާހަކަ ނުދެއްކުމަށް އެދިފައެވެ.”އަހަރެންގެ ފިލްމާ ބެހޭ ގޮތުން ބޭނުން ވާހަކައެއް ދައްކަންވީ. އެކަމަކު އަހަރެންގެ އާއިލާއާއި އަބިމީހާގެ ވާހަަކަ ދައްކައިގެން ނުވާނެ” ކަރަންގެ ވާހަކަތަކަށް ރައްދު ދެމުން އަޖޭވަނީ ބުނެފައެވެ.