English Edition
Dhivehi Edition

ހދ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރާއި ސ. ހިތަދޫ ސަހަރައްދީ ބަނދަރަށް ގެންދާ މުދަލުގައި ހިމެނޭ އާންމު ގިނަ ބާވަތްތަކުގެ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލަން މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި އެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް ހުށަހެޅުއްވި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި އުތުރާއި ދެކުނުގެ ޕޯޓުތަކަށް މުދާ އެތެރެ ކުރުމުން އެ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލާ ގޮތަށް ބިލު ފާސްކޮށްފައި ވަނީ 54 މެމްބަރުންގެ ވޯޓާ އެކު އެވެ.

މި އިސްލާހުގައި ބުނެފައިވަނީ ކުޅުދުއްފުށްޓާއި ހިތަދޫއަށް ފޮނުވާ ތަކެތީގެ ތެރެއިން އިިމްޕޯޓް ޑިއުޓީ މާފުކޮށްދެވޭ ތަކެތީގެ ލިސްޓު މޯލްޑިވްސް ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ އުސޫލެއް ކަސްޓަމްސް އިން އެކުލަވާލަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އަހްމަދު ރަޝީުދ ވިދާޅު ޑިއުޓީ ކުޑަކުރުމުން މުދަލުގެ އަގު ހެޔޮވެގެންދާނެކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދާއި، ދެކުނުގެ ސަރަހައްދުގެ އިގްތިސާދީ ހަރަކާތްތައް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އަހްމަދު ރަޝީދު ވިދާޅުވިއެވެ.

އުތުރާއި ދެކުނުގެ ބަނދަރުން ޑިއުޓީ ކަނޑާލާ ތަކެތީގެ ތެރޭގައި ކެއުން ބުއިމަށް ބޭނުން ކުރާ ތައްޔާރީ ތަކެއްޗާއި ރީތި ވުމަށާއި ފެން ވެރުމަށް ބޭނުުން ކުރާ ތަކެތީގެ އިތުރުން ންނައުނު އުފައްދަން ބޭނުން ކުރާ ކަފަ އާއި، އުއި އާއި، ރޮދި، އަދި ބަރަންޏާއި ފޮތި ފަދަ ތަކެތި ވެސް ހިމެނެ އެވެ. މީގެ އިތުރުން އާންމު ބޭނުންތަކަށް ބޭނުން ކުރާ ގިނަ ސާމާންތަކާއި މުތާއި އަގުބޮޑު މައުދަނާއި ޖަވާހިރާއި ދަނގަޑާއި އެކަތަ އާއި ޓިނުއި އެލްމަނިއަމް އާއި އެލްމަނިއަމް އިން އުފައްދާ ތަކެތީގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ކަރަންޓް ސާމާންތައް ވެސް ހިމެނެއެވެ.