Huvadhu Atholhu Viyafaariverin Sarahadhdhee Bandharehge Inthizaarugai - AO News
English Edition
Dhivehi Edition

Worldwide

  • 58,487,754confirmed
  • 40,464,377recovered
  • 16,637,043active
  • 1,386,334deaths

Maldives

  • 12,578confirmed
  • 11,559recovered
  • 974active
  • 45deaths

ކޮވިޑް 19 ކަވަރޭޖް

2 ހަފްތާ ކުރިން

ޤައުމެއް ކުރިއަރައިދާނީ އެޤައުމެއްގެ ރައްޔިތުން ކުރިއަރައިގެންނެވެ. ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ ޚަރަދުތައް ކުޑަވެގެންނެވެ. ތަރައްޤީވަމުން އަންނަ މި ހުވަދުއަތޮޅަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތަކެތީގެ އަގުބޮޑުވުމެވެ. މާލެއަށް ގެންނަ މުދާ ބޯޓަކަށް ލައިގެން ރަށާއި ހަމައަށް ގެންނައިރު އެތަކެތީގެ އަގު ބޯޓު ކުއްޔާއި އެހެނިހެން ޚަރަދުތައް ލައިގެން ހުންނާނީ ބޮޑުވެފަތާއެވެ. އެހެނެއްކަމަކު އާމްދަނީގެ ގޮތުގައި މިލިބޭ އުޖޫރަ އަތޮޅުތެރޭ ރަށެކޭ ކިޔާފައި ވަކި ބޮޑެއް ނުވެއެވެ.

Advt

Advertisement

ހުވަދުއަތޮޅުގެ ގިނަ ވިޔަފާރިވެރިންނަކީ ތިނަދޫގެ ބޮޑެތި ވިޔަފާރިވެރިން ރާއްޖެއިން ބޭރުން މާލެ ގެނެސް ބޯޓުތަކުގައި ތިނަދޫއަށް ގެންނަ މުދާ ހޯލްސޭލްކޮށް ގަނެ، ރަށްރަށަށް ގެންގޮސްގެން ވިޔަފާރިކުރާ ބައެކެވެ. މިހެން ވިޔަފާރިކުރާއިރު ތިނަދޫގައި ތިބި ވިޔަފާރިވެރިން ރާއްޖެއިން ބޭރުން ގަންނަ މުދާ ކޮންޓެއިނަރުތައް މާލެ ނުވަތަ އައްޑޫއަށް ނުގެންގޮސް ތިނަދޫއަށް ގެނެވޭނަމަ ކައިރި ރަށްރަށުގެ ވިޔަފާރިވެރިންނަށްވެސް މިހާރަށްވުރެ ހެޔޮ އަގެއްގައި މުދާ ލިބޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިގޮތަށް މިކަން ކުރެވެންއޮތީ ހުވަދުއަތޮޅުގެ މައި ވިޔަފާރި ހަބު ކަމަށްވާ ތިނަދޫގައި ސަރަހައްދީ ބަނދަރެއް ގާއިމްކުރެވިގެނެވެ.

ތިނަދޫގައި ސަރަހައްދީ ބަނދަރެއް ޤާއިމުކުރެވުމުން ހުވަދުއަތޮޅުގެ އެންމެހާ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. ވިޔަފާރީގެ ރޮގުންނާއި އެހެނިހެން ގޮތްގޮތުން ހުވަދުއަތޮޅު ކުރިއަރައިގެން ދާނެއެވެ. އެކި ވައްތަރުގެ ވިޔަފާރިތައް މިއަތޮޅުން ފެނިގެންދާނެއެވެ. ލިބެން ހުންނަ މުދާ އިތުރުވެގެން ދާނެއެވެ. ވިޔަފާރިތައް ގިނަވި ވަރަކަށް ތަކެތީގެ އަގު ކުޑަވެގެންދާނެކަން މިއީ “އިކޮނަމިސްޓް” އަކަށް ނުވިއަސް އެންމެންނަށްވެސް އިނގޭނެ ކަމެކެވެ.

އެހެންކަމުން ސަރަހައްދީ ބަނދަރެއް ތިނަދޫގައި ގާއިމްކުރުން މިވެގެން ދަނީ ސީދާ އާންމު ރައްޔިތު މީހާއާއި ގުޅިފައިހުރި ކަމަކަށެވެ. އާންމު ރައްޔިތު މީހާއަށް ހެޔޮ އަގެއްގައި ވިޔަފާރި ކޮށްލެވި އެކި ބާވަތުގެ މުދާ ހެޔޮ އަގެއްގައި ލިބި އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަކަށެވެ. ވިޔަފާރިތަކަށް އާމްދަނީ ލިބޭނެ އިތުރު ފުރުސަތަކަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 3.36 މިލއަން ރުފިޔާ ޚަރަދުކޮށްގެން ތިނަދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބެއްލެވުމަށް ކަމާއިބެހޭ އިދާރާތަކުން މިއަހަރުގެ އޮކްޓޯބަރު މަހު ތިނަދޫއަށް ކުރެއްވި ޒިޔާރަތުގައި ތިނަދޫ އައިސްޕްލާންޓްގެ އުތުރަށް ވާގޮތަށް އަލަށް އެޅުނު ބަނދަރު ސަރަހައްދުގައި އޮތް ހުސް ބިމުގައި ސަރަހައްދީ ބަނދަރު އެޅުމަށް އެ ބޭފުޅުން ތިނަދޫ ކައުންސިލަށް ލަފާދެއްވާފައިވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ފިޝަރީޒް މިނިސްޓްރީން ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ހަމަޖެހިފައިވާތީ މިހާރު ކައުންސިލުން ވަނީ ސަރަހައްދީ ބަނދަރު އެޅުމުގެ މަސައްކަތްކުރުމަށް ތިނަދޫގައި އަލަށް ގާއިމްކުރާ ގޭސް ސްޓޭޝަން ކައިރިން ބިމެއް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދިނުމަށް ނިންމާފައެވެ.

ކޮންމެ ތަނެއްގައި ޤާއިމުކުރިއަސް ހުވަދުއަތޮޅުގެ ރައްޔިތުންގެ އުއްމީދަކީ ވީހާވެސް އަވަހަށް ސަރަހައްދީ ބަނދަރެއް މިއަތޮޅުގައި ގާއިމުވެ ކަސްޓަމްސް، އިމިގްރޭޝަން އަދި އެމް.ޕީ.އެލްގެ ޚިދުމަތް މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެން ދިއުމެވެ. ތިނަދޫ ކައުންސިލުން މިފަދަ ކަމަކަށް ބިމެއް ކަނޑައަޅާނީ ޕްލޭނިންގ މިނިސްޓްރީގެ އިރުޝާދާއި އެއްގޮތަށް، ބަލަންޖެހޭ ކަންކަމަށް ރަނގަޅަށް ބަލާފަ ތާއެވެ.

2 ކޮމެންޓް
ކަދެ ހުސް
ނޮވެމްބަރު 11, 2020
3.3މ ރުފިޔާން 5ރޫމް ގޭކަސް ނުހެދެއި،ދެން ކޮން ޕޯޓެކެ ތިބަޖެޓުން އޮޑެންނާ؟؟ ސަރުކާރުވެރިންނެ އަތުން ޕޮއިންޓެހޮވަންނަން މިކަހަލަ ކަބަރެ ލޭއިއައްޓައި ހޯވެންނެއި މުޖްތަމަޢުހުހްޓީ އާމްމުމަސަލަތަކެ ލޭއިއަސް، ސަމާލުކަމަންއަހަ ރަގަޅެސްވެޔަންނެއިކުން، އެހެންވީމް🙄
Huvadhoo meeha
ނޮވެމްބަރު 11, 2020
Thi banadharu thinadhooga hedhumuge beynumakee kobaa.bin onnaa g dh gan kahala bodu rasheh ga hedheema dho rangalhuvaanee.