English Edition
Dhivehi Edition
ގޭމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - އަހުމަދު ޝުރާއު | އަވަސް

ގޭމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: އަވަސް

‎ކޮބާކަލޯ”އާ އެކު ދިރާގުން ސޯޝަލް މިޑިޔާގައި ކުރިއަށްގެންދިޔަ ކެމްޕެއިނަކީ ކޮންއެއްޗެއްކަން ރޭ ހާމަކޮށްފިއެވެ.

ކޮބާ ކަލޯއަކީ އާރްބީ ކުއެސްޓްގެ ނަމުގައި ދިރާގުން ރާއްޖޭގައި މުޅިން އަލަށްތައާރަފްކުރި އައުގްމެންޓެޑް ރިއަލިޓީ މޯބައިލް ގޭމެކެވެ. އާރްބީސް އަކީ (ރާޅު ބިސް)އެވެ. މިފަހަރު ރާޅު ބިސް ހޯދަން މި ޖެހެނީ އަތިރިމައްޗަށް ގޮސްގެނެއް ނޫނެވެ. މިފަހަރު ރާޅު ބިސް ހޯދަން ޖެހޭނީ ފޯނުގެ ޒަރިއްޔާއިންނެވެ. “ފިންގާޓިޕް” އިނގިލި ބޭނުންކޮށްގެންނެވެ.

މި ގޭމް ކުޅެގެން ދެ ފަރާތަކަށް ޔޫރަޕްގެ ހަތަރު ގައުމަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭއިރު، މިރޭ 11:59 އިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އާއި ހަމައަށް އެންމެ ގިނަ ރާޅުބިސް ހޮވާ ފަރާތަކަށް ދެމީހަކަށް ޔޫރަޕްގެ ހަތަރު ގައުމަކަށް ދަތުރު ކުރުމުގެ އަށް ދުވަހުގެ ޓުއައެއް ލިބޭނެއެވެ.

މި ގޭމް ކުރިއަށްދާނީ މިރެއިން ފެށިގެން ފަސް ދުވަހުގެ ނިޔަލަށެވެ. މި ފަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ރާޅުބިސް ހޯދާ ތިން ފަރާތަކަށް އަގުބޮޑެތި އިނާމްތަކެއް ވަނީ ކަނޑައަޅާފައިވާއިރު ކޮންމެ ދުވަހަކު އެންމެ ގިނައިން ރާޅުބިސް ހޯދާ މީހަކަށްވެސް ވަރަށް ހާއްސަ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޮޑެތި ޑިސްކައުންޓްތަކާއި އަދި ހިލޭ ކޮފީ ލިބުމުގެ ފުރުސަތުވެސް މި ގޭމް މެދުވެރިކޮށް ލިބޭނެއެވެ. އެހެން ނަމަވެސް މި ހުރިހާ ކަމެއްގެ އެހީތެރިއަކީ “ކަލޯ”އެވެ. ކަލޯގެ އެހީތެރިކަމާއެކު ރާޅުބިސް އެވަގުތެއްގައި އެންމެ ގިނައިން ހުންނަތަން ކިޔާދޭނެއެވެ.

މި ގޭމް ބޭނުން ކުރުމަށް ފުރަތަމަ ޖެހޭނީ އެ މީހެއްގެ ފޯން މެދުވެރިކޮށް އާރްބީ ކުއެސްޓް ޑައުންލޯޑް ކުރާށެވެ. އައިފޯން އަދި އެންޑްރޮއިޑް ބޭނުން ކުރާ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް މި ގޭމް ކުޅެވޭނެއެވެ. މި ގޭމް ޑައުންލޯޑް ކުރުމަށްފަހު ދެން ޖެހޭނީ ފޯން ނަމްބަރު ޖަހާ އަދި ނިކް ނޭމް ޖަހާށެވެ.

މި ގޭމް ކުޅުމަށް ފޯންގެ ސްކްރީނަށް އަރާ ރާޅު ބިސްތައް ފިއްތާނީއެވެ. ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ރާޅުބިސް ހޯދާ 10 ފަރާތެއްގެ ނަން ލިސްޓު “ލީޑާ ބޯޑު” މެދުވެރިކޮށް ފެންނައިރު، އެގޮތަށް މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަބަދުވެސް މަސައްކަތް ކުރަންވީ ލީޑާ ބޯޑުގެ އެންމެ ކުރިއަށް އެރޭޭތޯއެވެ.

ޓެގު