English Edition
Dhivehi Edition
ރ. އަލިފުށި - ފޮޓޯ: އަވަސް

ރ. އަލިފުށީގައި އަންހެނެއްގެ އަނގައަށް ލައްފިލުވާ އެޅި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރ. އަލިފުށީގައި އަންހެނެއްގެ އަނގައަށް ލަށްފިލުވާ އެޅި މައްސަލައެއް ޖުލައި 01 ވަނަ ދުވަހުގެ 21:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން ހާދިސާ ހިނގި ތަނަށް ގޮސް އަނިޔާ ލިބުނު މީހާ، ވަގުތުން އަލިފުށި ޞިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ޙާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.