English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: ސީޓީއެލް ސްޓްރެޓެޖީސް

ރާއްޖޭގެ ހައި ކޯޓުންވެސް ޝަރީޢަތްތައް ލައިވްކާސްޓްކުރަން ނިންމައިފި އެވެ.

ހައި ކޯޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ކޯޓުގެ ޝަރީޢަތުގެ މަޖިލިސް މީސްމީޑިއާ މެދުވެރިކޮށް ދައްކަން ނިންމާފައިވާ ކަމަށެވެ. އަދި ފުރަތަމަ ޝަރީޢަތުގެ މަޖިލިސް މިއަދު 11:30 ގައި އޮންނާނެ ކަމަށްވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ.

މިދިޔަ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުންވެސް ވަނީ ޝަރީޢަތްތައް އޮންލައިންކޮށް ލައިވް ކުރުމަށް ނިންމައި، ޝަރީޢަތްތައް މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ދުރުން ކުރިއަށް ގެންދިއުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު އާންމުކޮށްފަ އެވެ. އެގޮތުން އެ ޤަވާއިދަށް ސުޕްރީމް ކޯޓުން ޢަމަލުކުރަން ފަށާފައި ވަނީ މި ހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުންވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އެ ދެ ކޯޓުން އަދި ޝަރީޢަތުގެ މަޖިލިސް ލައިވްކުރަން ފަށާފައެއް ނުވެއެވެ.