English Edition
Dhivehi Edition

މިއަދު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ މަޖިލިހުގެ ޖަލްސާ، އިދިކޮޅު މެންބަރުން އިހުތިޖާޖާ ހަޅޭކުގެ ތެރޭގައި މިއަދު ވެސް ކުރިއަށް ގެންދަވަން ފައްޓަވައިފިއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއެކު މިއަދު ޖަލްސާގައި ތާވަލުކޮށްފައިވަނީ ގަވަރުނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރުމުގެ މައްސަލަ އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިހްތިޖާޖުތައް ހުއްޓުވައި މަޖިލިސް ކޮންޓްރޯލް ކުރެއްވުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވަނީ، އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހާ ހަވާލު ކުރައްވާފައެވެ.

ނިހާން އެހެން ވިދާޅުވެފައި މި ވަނީ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ހުއްޓުމެއް ނެތި އިހްތިޖާޖުކޮށް މަޖިލިސް ހަލަބޮލިކޮށްލާފައިވާތީ އެވެ. އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި އިހްތިޖާޖް ކުރަމުންދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާކަމަށް ބުނެ އެވެ. އަދި މަސީހްގެ ރިޔާސަތުގައި ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް އިދިކޮޅު މެންބަރުން އަންނަނީ ބުނަމުންނެވެ.