އައްޑޫސިޓީގައި ގާއިމް ކުރެވޭ ކޮވިޑް ހޮސްޕިޓަލަށް ބޭނުންވާ ސާމާނު އުޅަނދަކަށް ބަރު ކުރެވި މިހާރު މާލެއިން ފުރުވާލެވިފައިވާކަމަށް އެއްއީއޯސީގެ ތަރުޖަމާން މުޙައްމަދު މަބްރޫކު ޢަޒީޒު ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި މަބްރޫކު ވިދާޅުވީ އައްޑޫސިޓީ އާއެކު ފުވައްމުލަކާއި ވިލިނގިލި އަދި ގަމުގައި ގާއިމް ކޮށްފައިވާ މެޑިކަލް ފެސިލިޓީތަކަށް ބޭނުންވާ ތަކެތި ބަރުކުރެވިފައިވާ ކަމަށެވެ. ރޭ މަބްރޫކު ވަނީ ކޮވިޑް-19ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރެވޭ ހުރިހާ މެޑިކަލް ފެސިލިޓީ ތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަން ހާމަކުރައްވާފައެވެ.
ރީޖަނަލް ފެސިލިޓީތަކުގެ ސިވިލް މަސައްކަތް އެއްކޮށް ނިމިއްޖެ. ފެސިލިޓީތަކަށް ބޭނުންވާ މެޑިކަލް ސާމާނު ފޮނުވުމުގެ މަސައްކަތުގެ ތެރެއިން އުތުރުގެ ރަށްތައް ކަމަށްވާ ށ، ބ އަދި ހއ އަށް ފޮނުވަންޖެހޭ ތަކެތި މިހާރު ވަނީ ފޮނުވާ ނިމިފައި. ދެކުނުގެ އަތޮޅުތަކެއް ބަލާއިރު އައްޑޫ ސިޓީ، މުވައްފުލަކު، ވިލިނގިލި އަދި ގަމުގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ތަކެތި މިހާރު ވަނީ މާލެއިން އުޅަނދަކަށް ބަރު ކުރެވި ފުރުވާލެވިފައި.
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް
މަބްރޫކް ވިދާޅުވީ މިފެސިލިޓީތަކުގެ ފުރަތަމަ ފޭސް ނިމި ޚިދުމަތް ދޭން ފަށާއިރު ބޭނުންވާ ބޭސް އެބަހުރި ކަމަށާއި، މިތަންތަނަށް ބޭނުންވާ އިކިއުޕްމެންޓް ޕްރިޖްތައް ފަދަ އެއެއްޗެހި ހަރު ކުރުމަށްފަހު އެބޭސްތައް އެފެސިލިޓީތަކަށް ފޮނުވޭނެ ކަމަށެވެ.