English Edition
Dhivehi Edition
ގދ. ގައްދޫ - ފޮޓޯ: ގޫގުލް

ގދ. ގައްދޫ ދޯންޏަކުން އެންދަމަން ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގައްދޫ ދޯންޏަކުން އެންދަމަން ފޭބި އުމުރުން 21 އަހަރުގެ ދިވެއްސަކު، އަޑީގައި ޙަރަކާތެއް ނެތި ހުއްޓިފައި ވަނިކޮށް އެކުގައި ޑައިވްކުރަން އުޅުނު މީހުންނަށް ފެނިގެން ގައްދޫ އަސް ގެންނަ ކަމުގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު 15:55 ހާއިރު ކަމަށެވެ.

އަދި އެ މީހާ ގައްދޫ ޞިއްޙީ މަރުކަޒަށް ގެންދިޔަ އިތުރވެސް އޮތީ ނިޔާވެފައި ކަމަށް ޞިއްޙީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.