English Edition
Dhivehi Edition

ފޮށްޓެއްގެ މަތީގައި ވަރުބަލިވެ ނިދާފައި އޮތްކުއްޖަކު ބާއްވައިގެން އެފޮށި ދަމާފައި ދިޔަ ހިއްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަރުވަމުން އެބަދެއެވެ.

މި ވީޑިއޯއިން ފެންނަނީ އިންޑިއާގެ ޕަންޖާބީ އަވަށުގައި ދިރިއުޅެމުން އައި އާގްރާގެ އާއިލާ އެއްކަން ވަނީ އެނގިފައެވެ. މިހާރު ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ބަލި ކޮވިޑް19 އާއި ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން ކުރުމުގެ ސަބަބުން ދަތުރު ފަތުރު މެދުކެނޑި، ވަޒީފާތައް ގެއްލި، އެއް އަވަށުން އަނެއް އަވަށަށް ހިޖުރަކޮށްފައިވާ އެތައްބަޔަކު މަގުމަތި ވުމާއި ގުޅިގެން އެމީހުން މިހާރު ވަނީ ހިނގާފައި ފައިމަގުގައި އެތައްމޭލެއް ކަޑައްތު ކޮށް އެބައެއްގެ ވަޒަނަށް ދަތުރު ފަށާފައެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ މިހިތްދަތި މަންޒަރުން ވެސް ފެންނަނީ އެފަދަ އާއިލާއެއް އެމީހުން ދިރިއުޅޭ ސިޓީ އަށް ދަތުރުފަށާފައިވާ މަންޒަރެވެ. ،މި ވީޑިއޯ ވައިރަލް ވުމާ ގުޅިގެން ނޭޝަނަލް ހިއުމަންރައިޓްސް ކޮމިޝަން (އެން.އެޗް.އާރު.ސީ) އިންވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި މިކަމާ ޒިންމާ ވާފަރާތްތައް ކުށްވެރިކޮށްފައެވެ.

މިހާދިސާ އާގުޅިގެން ނޭޝަނަލް ހިއުމަންރައިޓްސް ކޮމިޝަން އިންވަނީ ޕަންޖާބީ، އުއްތަރ ޕްރަދޭޝް އަދި އާގްރާގެ މެޖިސްޓްރޭޓަށް، މިމައްސަލަ އެއްމަސްތެރޭގައި ހުށަހެޅުމަށް ނޯޓިސް އެއްފޮނުވާފައެވެ. އަދި އެއާއިލާ އަށް އެހީ ފޯރުކޮށް ދިނުމުގައި އިހުމާލުވާ ހުރިހާ މުއައްސަސާތަކުގެ އިތުރުން ފުލުހުންނާ މެދުވެސް ފިޔަވަޅު އަޅާނެކަމަށް ގޮވާލާފައެވެ.

މުޅި އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން އެހެން އަވަށް ތަކަށް ދިރިއުޅުން ބަދަލުކޮށްފައި ތިބި އެތައް ބަޔަކު އެތައް ދިގުރާސްތާ އެއް ހުސްފަޔާ ކަޑައްތު ކުރަމުން ދާމަންޒަރު ސޯޝަލް މީޑިއާގެ އެކިޕްލެޓްފޯމް ތަކުގައި ފެނެއެވެ. ބައެއް މީހުންނަށް ދަތުރު މަތީގައި ކާނެއެއްޗެއް ނުލިބި އަވީގައި ހިނގުމުން ބިންމައްޗަށް ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ވާތަން ފެންނައިރު ދާދި ފަހުން ދައުރުވި ވީޑިއޯއެއްގައި ފެންނަނީ ބަނޑަށް 7 މަސްވެފައިވާ މާބަނޑު އަންހެނަކު އޭނަގެ އަވަށަށް ދިޔުމަށް 500ކިލޯމީޓަރު ހުރަސްކޮށް ހިނގާފައިދާ މަންޒަރެވެ.

އިންޑިއާގައި މިފަދަ ލާއިންސާނީ އެތައް ކަމެއް ހިނގާއިރު އަބަދުވެސް ފެންނަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާ އަޅުވާތަނެވެ. މި މައްސަލައާއި ގުޅިގެން އިންޑިއާ ސަރުކާރަށް އެތައްބަޔަކު ދަނީ ފާޑުކިޔަމުންނެވެ.