English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ޗީޒްކޭކް ރެސިޕީއެކެވެ. ޗީޒްކޭކަކީ އެކި ޝެފުން އެކި އެކި ރެސިޕީތަކަށް ތައްޔާރުކުރާ އެއްޗެކެވެ. މަދު އިންގްރެޑިއެންޓްސް ތަކެއް ބޭނުން ކޮށްގެން ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވިދާނެ މި ޗީޒްކޭކް ތިއެންމެ ބެފުޅުންނަށް މީރުވާނެ ކަމަށް ހީކުރަމެވެ.

ބޭނުންވާތަކެތި:

9×9 ޓްރޭއެއް (ކައިރި ނައްޓާލެވޭ ގޮތަށް ހުންނަ)

250ގ ކްރީމް ޗީޒް ބްލޮކެއް

2 ސަމްސާ ހަކުރު

2 ބިސް

1/2 ޖޯޑު ހަކުރު

1 ސަމްސާ ފުށް

2 ސަމްސާ ލުނބޯ ހުތް

1/2 ޖޯޑު ބަޓަރ ވިރުވާފައި

2 ޖޯޑު ބިސްކޯދު ހިމުންކޮށް ފުނޑުކޮށްފައި

1/2 ޖޯޑު ވިޕިންގ ކްރީމް ނުވަތަ ހެވީކްރީމް

1/2 ޖޯޑު ބްލޫބެރީ ޖޭމް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ފުނޑާފައި ހުރި ބިސްކޯދު ކުނޑި ބޯތަށްޓަކަށް އަޅާފައި އޭގެތެއަށް ދެސަމްސާ ހަކުރު އަޅާފައި އެއްކުރުމަށްފަހު ވިރުވާފައި ހުރި ބައިޖޯޑު ބަޓަރ ވެސް އަޅާފައި ސަމްސަލަކުން ރަނގަޅަށް އެއްކުރުމަށްފަހު ޓްރޭއަށް އަޅާށެވެ. ދެން ސަމްސަލަކުން ރީއްޗަށް އޮމާންކޮށްފައި ޓްރޭގައި ލޭޔާއެއް އަޅާފައި 15 މިނެޓް ވަންދެން ފްރިޖްގައި ބަހައްޓާށެވެ.

އެހެންތަށްޓަކަށް ކްރީމްޗީޒް ބްލޮކް އެޅުމަށްފަހު ހޭންޑް މިކްސަރ އިން އެއްކޮށްލާށެވެ. ދެން ކްރީމްޗީޒް ރީއްޗަށް އެއްވީމަ ބައިޖޯޑު ހަކުރު އަޅާފައި ހަކުރު ވިރެންދެން ގިރާފައި ފަހަރަކު ބިހެއް އަޅަމުންދާށެވެ. ދެން ބައިޖޯޑު ހެވީކްރީމް ނުވަތަ ވިޕިނގް ކްރީމް އަޅާފައި އަނެއްކާ އެއްކުރާށެވެ. އެއަށްފަހު ލުނބޯހުތް އަދި ފުށް ސަމްސާ އަޅައި ރަނގަޅަށް ގިރާލާށެވެ. ފްރިޖްގައި ހުރި ޓްރޭ ނެގުމަށްފަހު ބިސްކޯދު ލޭޔާ މައްޗަށް ތައްޔާރު ކުރި ކްރީމް ލޭޔާ ޅާލާފައި އެއްވަރު ކޮށްލާށެވެ. އަވަން 200ޑިގްރީ އަށް ހޫނު ކޮށްލުމަށްފަހު އެއްޗަކަށް ފެންއަޅާފައި ޓްރޭ އޭގެ ތެރޭގައި ބެހެއްޓުމަށްފަހު 10 މިނެޓް ވަންދެން އާވިން ފިހެލާށެވެ. ދިހަ މިނެޓްވީމަ އަނެއްކާ އަވަން 180ޑިގްރީ އަށް ހޫނުމިން ބަދަލުކޮށްފައި އިތުރު 40 މިނެޓްވަންދެން ފިހެލާށެވެ. ޗީޒް ކޭކް ފިހެވުމުން ހިހޫކޮށްފައި ކޭކްގެ މަތީގައި ބްލޫބެރީ ޖޭމް ލޭޔާއެއް އަޅާފައި 8ގަޑި އިރުވަންދެން ފްރިޖްގައި ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.

ނޯޓް: ކޭކް ފިހެން އަވަނަށް ލުމުގެ ކުރިން ޓްރޭގެ ބޭރުގައި ރީއްޗަށް ފޮއިލް އޮޅާލާށެވެ. މިހެން ހެދުމުގެ ބޭނުމަކީ މި ޓްރޭގެ ގޮތުން ފެނުގައި ބަހައްޓައިގެން އާވިން ފިހޭއިރު ޓްރޭއިން ލީކްވެދާނެތީއެވެ.