ރާއްޖެއިން އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު އެންމެ ފަހުން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ 18 މީހުންނާއި 09 ދިވެހިންނެވެ.
✳️ COVID-19 Case Updates
As of 01:00pm, confirmed an additional 27 cases of COVID-19 infection in Maldives.
Cases:
– 18 Bangladeshis
– 09 MaldiviansTotal number of cases: 862
— Health Protection Agency (@HPA_MV) May 11, 2020
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 862 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 574 ބިދޭސީންނާއި 288 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 478 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.
އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ.
މާލެ ސިޓީން ކޮވިޑް-19 ކުރުމާއި ގުޅިގެން އެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު ހަމަވާނެއެވެ.