English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މިސެގްމެންޓްގައި މިއަދު ގެނެސްދެނީ ވަރަށް މީރު ފޮނި އެއްޗެއް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ. އެގޮތުން މިއަދު ގެނެސްދޭ ރެސިޕީ އަކީ ޕުޑިންގ އިންސާފުކުރަން ލޯބިކުރާ ފަރާތް ތަކަށް މީރު ޕުޑިންގ އަކަށް ވާނެކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

220ގ މާރީ ބިސްކޯދު ފުނޑުކޮށްފައި

60ގ ބަޓަރ ވިރުވާފައި

75ގ ވިޕިންގ ޕައުޑާ

3/4 ޖޯޑު ކިރު (ފިނިކޮށްފައި)

1 ދަޅު ކްރީމް (ނެސްލް)

1 ދަޅު ގެރިކިރު

1/2 ސައިސަމްސާ ވެނީލާ އެސެންސް

50ގ މާރީ ބިސްކޯދު ކުނޑި

ޖޯޑެއްގެ ވިޕިންގް ކްރީމް

3 ސަމްސާ ނަޓެއްލާ

ތައްޔާރު ކުރާނެގޮތް:

އެންމެ ފުރަތަމަ 220ގ ފުނޑުކޮށްފައި ހުރި މަރީ ބިސްކޯދާއި 60ގ ވިރުވާފައި ހުރި ބަޓަރާއި އެއްކޮށްފައި ޓްރޭގައި ބިސްކޯދު ލޭޔާ އަޅާފައި 20 މިނެޓްވަންދެން ފްރިޖްގައި ބަހައްޓާށެވެ. ދެން ފުން ބޯތަށްޓެއްގެ ތެރެއަށް ވިޕިންގ ޕައުޑަރ އާއި ފިނި ކިރުފޮދު އަޅާފައި ހޭންޑް މިކްސާއިން 4 ވަރަކަށް މިނެޓް ވަންދެން ގިރާލާށެވެ. ދެން މި ތައްޔާރު ކުރި ވިޕިންގ ކްރީމް ތެރެއަށް ނެސްލް ކްރީމް އަދި ގެރިކިރާއި ވެނީލާ އެސެންސް އެޅުމަށްފަހު އަލުން ގިރާލާށެވެ. ރަނގަޅަށް އެއްވީމަ ޓްރޭގައި އަޅާފައިވާ ބިސްކޯދު ލޭޔާމައްޗަށް މި ލޭޔާ އަޅާށެވެ. ދެން ޖޯޑެއްގެ ވިޕިންގ ކްރީމާއި ނަޓެއްލާ އަދި 50ގ މާރީ ބިސްކޯދު ކުނޑި އެއް ކުރުމަށްފަހު ތިންވަނަ ލޭޔާ އަޅާލާށެވެ. ގާނިޝް ކުރުމަށް މައްޗަށް ރީތިގޮތަކަށް ނަޓެއްލާ އިން ލޭޔާ އަޅާލެވިދާނެ އެވެ. އަދި އައިސިންގ ބޭގަކަށް ވިޕިންގ ކްރީމް އެޅުމަށްފަހު ވެސް ރީތިގޮތަކަށް ގާނިޝް ކޮށްލެވިދާނެއެވެ.

ނޯޓް: ވިޕިންގ ޕައުޑަރ ގެ ބަދަލުގައި އެ ބޭފުޅަކު ހިޔާރު ކުރާ ޓްރޭގެ މިނަށް ބަލާފައި ވިޕިންގް ކްރީމް ވެސް ބޭނުން ކުރެވިދާނެއެވެ.