English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ގާނޫންތަކާއި ޚިލާފަށް ބޭއްވި ޖަލްސާއެއްކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ ވިދާޅުވީ މިއަދުގެ ޖަލްސާގައި ނިންމުންތަކެއް ނިންމާފައިވާކަމަށް ރިޔާސަތުން ބުނިނަމަވެސް ޖަލްސާގައި ނިންމާފައިވާ ކަންކަން ސައްހަނުވާނެކަމަށެވެ. މީގެ އިތުރުން މާރިޔާ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށްދަނީ ގާނޫންތަކާއި ޚިލާފަށްކަމަށެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންދިޔައީ މަޖިލީހުގެ ގަވާއިދުގެ ތިން މާއްދާއަކާއި ޚިލާފަށްކަމަށްވާތީ ް ސިޓީއަކުން އެކަން މަޖިލީހަށް އަންގާފައިވާނެކަމަށް މާރިޔާ ވިދާޅުވިއެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު ސޮއިކުރައްވާ މަޖިލީހަށް ހުށައަޅާފައިވާ ސިޓީގައި ގާނޫންތަކާއި ޚިލާފަށް މަޖިލީސް ކުރިއަށް ނުގެންދިއުމަށް ވަނީ އެދިފައެވެ. އަދި އެފަދަ ގޮތަކަށް ކުރިއަށް ގެންދާ ޖަލްސާއެއްގައި ނިންމާ ނިންމުންތައް ސައްހަ ނުވާނެތީ އެކަންކަން އެ މެންބަރުން ބަލައިނުގަންނާނެކަމަށް ވަނީ ބުނެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ މިޖަލްސާ އަށް އެޖެންޑާކޮށްފައިވާ މައްސަލަތައް މަޖިލީހުގެ ކަމާ ގުޅިފައިވާ ކޮމިޓީތަކަށް ފޮނުވުމަށްފަހު އެވެ . އެއީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހީޔާ ޒަރީރުގެ ބަދަލުގައި މުހައްމަދު ހުސެއިން ޝަރީފް (މުންދު)ގެ ނަންފުޅު ދިރާސާކުރައްވުމާއި، މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ކ. މާފުށި، މުސްތަރީގޭ އަހްމަދު ނަސީރުގެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމެވުމަށް ކޮމެޓީއަށް ފޮނުވުމުގެ މައްސަލައިގެ އިތުރުން “އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން” (އަޔޯރާ)ގައި ރާއްޖެ ބައިވެރިވުމުގެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމުމަށް ދާއިމީ ކޮމެޓީއަކަށް ފޮނުވުމުގެ މައްސަލައެވެ.

ޓެގު