English Edition
Dhivehi Edition

އިދިކޮޅު ފަރާތްކުން ރޭ މަޖީދީ މަގުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ތިންމެމްބަރުން ދޫކޮށްލައިފިއެވެ.

ރޭ ހައްޔަރުކޮށްފައިވަނީ އަސްލަމްގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީއާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.

ފުލުހުން ރޭ ބުނެފައިވަނީ އެމީހުން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ގައުމުގެ އަމަން އަމާންކަން ނަގާލައި ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް ގާނޫނާ ހިލާފަށް ވައްޓާލާކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.

މި ބޭފުޅުން ދޫކޮށްލީ ހައްޔަރު ކުރެވުނުތާ 24 ގަޑިއިރުވާން ކައިރި ވެފައި ވަނިކޮށް، ކޯޓަށް ހާޒިރުކުރުމަކާއި ނުލައެވެ.