English Edition
Dhivehi Edition

އައްޑޫ ގައި ކޮންމެވެސް ވަރަަކަށް ޕީޕީއީ އެބަހުރި ކަމަށާއި އެހެންނަމަވެސް އެކަންމެ އެކަށީގެންވާ އަދަދަށް ޕީޕީއީ ނެތްކަމަށް އައްޑޫ ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއްސާދަތު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އަށް އައްޑޫސިޓީން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން މިއަދު އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވީ ކޮވިޑް-19 ގައ ބޭނުންކުރާނެ ޕީޕީއީގެ ކޮންމެވެސް ވަރެއް އައްޑޫއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޭނުންވާ މިންވަރަށް ޕީޕީއީ ނެތްކަމަށެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހާ އަށް އިއްޔެ އޭއީއެޗްގައި ފަރުވާ ދީފައިވަނީ ޕީޕީއީ ބޭނުން ނުކޮށް ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން 7 ޑޮކްޓަރުންނާއި 10 ނަރުހަކު މިހާރުވަނީ އައިސޮލޭޓް ކޮށްފައެވެ.