“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭނީ ރާއްޖޭގެ ވަރަށްގިނަ މީހުންގެ މެދުގައި މަގްބޫލު މީރު ކުޅިއެއްޗެއް ގެ ރެސިޕީއެވެ. ބިސްކްޓްލަޓްސް އަކީ އާންމުކޮށް ދިވެހިން ސައިބޯން ބޭނުންކުރާ ހެދިކާ އެކެވެ.
ބޭނުންވާތަކެތި:
15 ބިސް ފެނުކައްކަފައި
3 ދަޅު މަސް ތެޔޮނަގާފައި
1 ގިތެޔޮމުރުސް ހިމުންކޮށް ކޮށާފައި
1/3 ޖޯޑުގެ ހިކަނދިފަތް ހިމުންކޮށް ކޮށާފައި
3 ޖޯޑު އަލުވި ފެނުކައްކާފައި ޗަސްކޮށްފައި
3 ސަމްސާ މުގުރި އަސޭމިރުސް
1 ސަމްސާ އިނގުރު ގާނާފައި
3 ފިޔާ ހިމުންކޮށް ކޮށާފައި
3/4 ޖޯޑު ލުނބޯ ހުތް
ރަހަލާވަރު ލޮނުކޮޅެއް
4 ބިސް ގިރާފައި
5 ޖޯޑު ޕާންކުނޑި
ތެޔޮ ތެލުލަން
ތައްޔާރުކުރާނެގޮތް:
ފިޔާ، ލޮނު، އަސޭމިރުސް، އިނގުރު، ހިކަނދިފަތް، މިރުސް، ލުނބޯ ޖޫސް ތައްޓަކަށް އެޅުމަށްފަހު ރަހަ ނިކުންނަވަރަށް މޮޑެލާށެވެ. ދެން އަލުވި އަދި މަސް އެޅުމަށްފަހު ގުޅަޖެހޭވަރަށް ހަރުކޮށް ހުންނަ ވަރަށް އެއްކޮށްލާށެވެ. ދެން ބިސްތައް ފަޅިކޮށްފައި އޭގެން ފަޅިއަކާ އެކު ތައްޔާރުކުރި އަލުވިން ބައެއްނަގާފައި ބިހެއްގެ ޝޭޕަށް ގުޅަހަދާށެވެ. އަލުވި އާއި ބިސް ހުސްވަންދެން މިގޮތަށް ގުޅަހަދަމުން ގެންދާށެވެ. ދެން ގިރާފައި ހުރި ބިހުގެތެރެއަށް ފަހަރަކު ގުޅައެއް ލައި ފޯކޮށްލުމަށްފަހު ނަގާފައި ޕާންކުނޑިން ބޭރުގައި ރަނގަޅަށް ކޯޓް ކޮށްލާށެވެ. ހުސްވަންދެން މިގޮޮތަށް ކަޓްލަޓްސް ތައްޔާރު ކުރާށެވެ. ދެން ތަވަޔަކަށް ތެޔޮއަޅާފައި ތެޔޮހޫނު ވީމަ. ކަޓްލަޓްސް އަށް ގޯލްޑެން ބްރައުން ކުލައަރަންދެން ތެލުލާށެވެ.