މަޖިލިސް މެދުކެނޑިފައި އޮންނަތާ 22 ދުވަސް ފަހުން މިއަދު ބާއްވަން ތައްޔާރުވި މަޖިލިހުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން މަޖިލިސްގެ ރައީސް އަބްދުﷲ މަސީހުޗެމްބަރުން ނިކުމެވެޑައިގެންފިއެވެ.
ސަރުކާރާއި އިދިކޮޅު މެންބަރުން މަޖިލީހުގައި އިހްތިޖާޖް ކުރައްވަމުން ގެންދަވަނިކޮށް ސިފައިންގެ އެހީތެރިކަމާއި އެކު މަޖިލިސްގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތައް ވަޑައިގެންނެވުމަށްފަހު ޖަލްސާ ބޭއްވޭތޯ ވަނީ މަސައްކަތް ކުރައްވަވާފައެވެ.
އެގޮތުން ރައީސް އަބްދުﷲ މަސީހް ޗެމްބަރަށް ވެދެވަޑައިގެންޖަލްސާ ފައްޓަވައި ވާހަކަފުޅު ދައްކަވަން ފެއްޓެވި ނަމަވެސް އދިިކޮޅު މެމްބަރުން ޗެމްބަރުގައި އަޑުގަދަ ކުރެއްވުމުގެ ސަބަބުން ރިޔާސަތު ވިދާޅުވި އެއްޗެއް ސާފެއް ނުވެއެވެ.އިދިކޮޅު މެންބަރުން ކޮޅަށް ތެދުވެ ވަޑައިގެން އިދާރީ މޭޒުގެ ކައިރީގައި ތިބެ އަޑުގަދަކުރައްވަމުން ގެންދެވި ނަމަވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭތޯ ރައީސް ވަނީ މަސައްކަތް ކުރައްވަވާފައެވެ.
މަޖިލިހުގެ ޖަލްސާ ، ފޭސްބުކް ލައިވް ކުރަމުން ގެންދާއިރު، “އަނިޔާ ނުކުރޭ” ކަމަށް ބުނެ މަހްލޫފާއި އެހެން މެމްބަރުން ގެންދަވަނީ އަޑުގަދަ ކުރައްވަމުންނެވެ. މަހްލޫފު ވިދާޅުވަމުން ގެންދަވަނީ “އަނިޔާ ކުރަން ނުޖެހޭ” ކަމަށާއި “އަޅުގަނޑުމެން އައިސް މިތިބީ ޖަލްސާ އަށް” ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަސީހްގެ ރިޔާސަތުގައި މިއަދު ވެސް ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އިދިކޮޅު ހަރަކާތުގެ ތަރުޖަމާނު މަހްލޫފު ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ވޯޓަށް ވުރެ ކުރިން އެހެން އެއްވެސް ކަމެއް އެޖެންޑާކުރެވިގެން ނުވާނެ ކަމަށެވެ.