English Edition
Dhivehi Edition

“އޭއޯ ރޯދައިގެ ބަދިގެ” މިސެގްމެންޓްގައި މިއަދު ގެނެސްދޭނީ ތަފާތު ކޭކު އެޅުމަށް ލޯބި ކުރާފަރާތް ތަކަށް ވަރަށް މީރުވާނެ ކޭކް ރެސިޕީއެކެވެ. ކަދުރު ކޭކަކީ ކާލަންމީރު އަދި ހަށިގަނޑަށް ފައިދާ ހުރި ކޭކެކެވެ.

ބޭނުންވާތަކެތި:

250ގ ހަކުރު

250ގ ފުށް

250ގ ކަދުރު އޮށްނަގާފައި ކޮށާފައި

2 މޭޒުމަތީ ސަމްސާ މާޖިރީން

2 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ

1/2 ޖޯޑު މޭބިސްކަދުރު އަދި ކަނަމަދު

2 ކުކުޅުބިސް

ރަހަލާވަރަށް ވެނީލާ އެސެންސް

ތައްޔާރުކުރާނެގޮތް:

ބޭކިންގ ޕައުޑަރ އަދި ފުށް އެއްކޮށްފައި ފުރާނާލާށެވެ. ދެން ތަށްޓެއްގައި މާޖިރީން ބިސް އަދި ހަކުރު ރަނގަޅަށް ގިރާލުމަށްފަހު ފުށް އަޅައިގެން މިކްސްކޮށްލާށެވެ. .ދެން ކިރުއަޅާފައި އަނެއްކާ ގިރުމަށްފަހު މޭބިސްކަދުރު،ކަނަމަދު، ކަދުރު އަދި އެސެންސް އަޅާފައި ރަނގަޅަށް މިކްސް ކުރާށެވެ. ދެން ޓްރޭއެއްގައި ބަޓަރ ހޭކުމަށްފަހު ޓްރޭގެތެރެއަށް ތައްޔާރު ކުރި ފުށްގަަނޑު އެޅުމަށްފަހު އަވަނަށް ލައި ކޭކް ރޯފިލަންދެން ފިހެލާށެވެ.

ނޯޓް: ކޭކް އިތުރަށް މީރުކުރުމަށް އަދި ގާނިޝް ކުރުމަށް ކެރަމަލް ސޯސް ތައްޔާރުކޮށްފައި އެޅުމަށްފަހު މައްޗަށް ކަނަމަދު އަޅާލެވިދާނެއެވެ.

ކެރަމަލް ސޯސް ތައްޔާރު ކުރުމަށް : 100ގ ބަޓަރ ، 1 ޖޯޑް ބްރައުން ޝުގާ، 3/4 ޖޯޑު ކްރީމް

ތަވާ އުނދުން މައްޗަށް އުދާފައި ހަކުރު އަޅާށެވެ. މަޑުގިނީގައި ހަކުރު ވިރުވާށެވެ. ހަކުރު ވިރެން ފެށީމަ ބަޓަރ އަދި ކްރީމް އެއްކުރާށެވެ.

 

 

1 ކޮމެންޓް
Aisha
މެއި 2, 2020
Tray size ei hunu min hinna v Vara adhi bake keraa v kitha minute kamas jahafela ekalaki nuny miyaa furihama veynei