English Edition
Dhivehi Edition
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް

އަތޮޅުތެރޭގައި ކޮވިޑް19 އުޅޭތޯ ބެލުމަށް އުސޫލެއް ކަނޑައަޅައި އަމަލު ކުރަންފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމު ކުރި ލިޔުމުގައި ވަނީ ކޮވިޑް-19 ގެ ސަރވެއިލަންސް ހެދުމާއި ޓެސްޓް ކުރުމުގެ އިންތިޒާމް އަތޮޅުތެރޭގައި އިތުރަށް ފުޅާކޮށް އަމަލުކުރާނެ އުސޫލުގެ ދަށުން ހުރިހާ ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލް އަދި ޞިއްޙީ މަރުކަޒުތަކުން އަރިދަފުސް ރޯގާގެ ޢަލާމާތްތައް ހުންނަ ފަރާތެއް ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައެވެ.

އެގޮތުން މާލޭ ސަރަހައްދުން އަތޮޅުތެރެއަށް ގޮސްފައިވާ މީހެއް އަދި ރިސޯޓަކުން އަތޮޅު ތެރެއަށް ގޮސްފައިވާ ފަރާތެއް އެ ރަށަަކަށް ދިޔަތާ 14 ދުވަހުގެ ތެރޭގައި އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، އޭނާގެ ޓެސްޓު ހަދައި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހެއްގެ ޑައިރެކްޓު ކޮންޓެކްޓުން ގޭގައި ކަރަންޓީނު ކުރަންވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

މީގެއިތުރުން ވޭތުވެދިޔަ 14 ދުވަސް ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނިފައިވާ ރަށަކުން ދަތުރުކޮށްފައިވާ ނުވަތަ ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއްކަމުގައިވާ ކޮވިޑް-19 ގެ ޢަލާމާތެއް ނެތް މީހަކު ގޭގައި ނުވަތަ ފެސިލިޓިގައި 14 ދުވަހަށް ނުވަތަ ހާލަތަށް ބަލާ އެޗްޕީއޭ އިން ކަނޑައަޅާ މުއްދަތަކަށް އެކަހެރިކޮށް ބަހައްޓަން ޖެހެއެވެ.

ރަށުގައި އުޅޭ އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ، އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދެވެންދެން އެމީހަކު ބަހައްޓަންވާނީ ރަށުގައި ހަދާފައިވާ އައިސޮލެޝަން ފެސިލިޓީއެއްގައި ކަމަށާއި އޭނާގެ ޑައިރެކްޓު ކޮންޓެކްޓުން ކަރަންޓީނު ފެސިލިޓީއަކަށް ގެންދެވެންދެން ގޭގައި ނުވަތަ ރަށުގައި ކަނޑަައަޅާފައިވާ ތަނެއްގައި އެކަހެރިކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި ކަރަންޓީނުގައި އަމަލުކުރަންޖެހޭ އުސޫލަށްވެސް މީހުން ތަމްރީނު ކުރަންޖެހޭނެ ކަމަށާއި ޕީޕީއީ އެޅުމާއި އެތަކެތި ބޭލުމާ ގުޅޭ ރަނގަޅު ތަމްރީނު ދޭންޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

މި އުސޫލުގައި އެކްޓިން ސާވަލަންސް ސާމްޕަލް ނަގާނެ އުސޫލު ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަރުދަފުސް ރޯގާގެ އަލާމާތް ނެތްނަމަވެސް ރަށުގައި ދިރިއުޅޭ ކޮންމެ 10 ބިދޭސީ އަކުން އެކަކު ޓެސްޓު ކުރަންވާނެ ކަމަށާއި ރަށުގައި އުޅޭ މީހުންގެ ތެރެއިން ގިނަ މީހުންނާ ބައްދަލުވާ މީހުންގެ ޓެސްޓުވެސް ހަދަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓު އަދި ފެރީތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކު ޓެސްޓުކުރަންވާނެ ކަމަށާއި 10 މީހުންނަަށް ވުރެ މަދުން މަސައްކަތްކުރާ ތަންތަނުން އެކަކު ޓެސްޓު ކުރަންވާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރަށުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ އެއް ޕަސެންޓް މީހުންގެ ޓެސްޓު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅު ތަކެއް އަޅާފައިވާއިރު މިހާތަނަށް ރާއްޖެއިން 228 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.