English Edition
Dhivehi Edition
ވިލިމާލެ ފެރީ ޓާމިނަލް - ފޮޓޯ: މުހައްމަދު އަފްރާހް (ސަން)

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަޅު ކުލައިގެ ތިޖޫރީއެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ތިޖޫރީ އަކީ އޭޕްރީލް 15 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލެ ފެރީ ޓާރމިނަލްތެރޭ ވެރިއަކުނެތި ހުއްޓާ އާންމު ފަރާތަކަށް ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ތިޖޫރީއެއް ކަމަށެވެ.

ވީމާ، އެ ތިޖޫރީގެ ވަރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު 454657 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ތިޖޫރީއާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.