English Edition
Dhivehi Edition

ހަށިގަނޑުގެ ބައްޓަން ހުރި ގޮތުން ކުރާނެ މަސައްކަތެއް ހޯދުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ދިމާވިކަމަށް އަންޖަލީ އާނަންދު ބުނެފިއެވެ. ލަކްމީ ފެޝަންވީކް ގައި މޮޑެލްކޮށްފައިވާ އަންޖަލީ ބުނެފައިވަނީ ފަލަކޮށްތިބޭ މީހުން ފިލްމު ކުޅުމާއި މޮޑެލް ކުރުމަކީ ބައެއް މީހުން ގަބޫލުކުރާކަމެއް ނޫންކަމަށެވެ.އަދި ފިލްމީ އިންޑަސްޓްރީގައިވެސް އެ ވިސްނުން ގެންގުޅޭ މީހުން އެބަތިބިކަމަށް އަންޖަލީވަނީ ބުނެފައެވެ.

“ފަލަކޮށް ތިބޭ އަންހެނުން އިންޑިއާގައި ވަރަށް ގިނަ.އެމީހުންނާއި މެދު މީހުން ދެކޭ ގޮށް ވަރަށް ތަފާތު. އެމީހުންނަށް ލިބޭ ފުރުސަތުތައްވެސް ވަރަށް މަދު. އަދި އަމުދުން އެކްޓުކުރުމާއި މޮޑެލް ކުރުމުގެ ފުރުސަތު އެމީހުންނަށް ނުލިބޭ. އަހަރެން ފުރަތަމަ ހިތަށް އެރީ އަހަރެންގެ ސައިޒުގެ ސަބަބުން އިންޑިއާއިން ދުވަހަކު ވަޒީފާއެއްވެސް ނުލިބޭނޭ” އަންޖަލީ ބުނެފައިވެއެވެ.މީގެ އިތުރުން އަންޖަލީ ބުނެފައިވަނީ އޭނާ ކުޅެފައިވާ އިޝްތިހާރުތަކުގެ ޕޯސްޓަރުތައް ފެނުމުން ގިނަ ބަޔަކު ހައިރާންވާކަމަށެވެ. އަދި ފަލަކޮށް ޗަބީކޮށް ހުރި މީހަކަ މޮޑެލްކުރުމަކީ، ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިކަމެއް ކަމުގައި އަންޖަލީވަނީ ބުނެފައެވެ. ” އަހަންނަށް އިހްސާސުކުރެވެނީ ކޮންމެ ބައްޓަމަކަށް ހުއްޓަސް އަމިއްލަ ހަށިގަނޑާމެދު އުފާވަން ޖެހޭނެކަން.”އަންޖަލީ ބުނެފައިވަނީ އޭނާގެ ހަށިގަނޑުގެ ބައްޓަމާއި މެދު ނުވިސްނާކަމަށާއި އޭނާ ބޭނުންވަނީ އެހެން މީހުންގެ ވިސްނުން ބަދަލުކުރަން ކަމުގައެވެ

‘ދާއި ކިލޯ ޕްރޭމް’ގެ ތަރި އަންޖަލީ ބުނެފައިވަނީ ބައެއް މީހުން ފަލަ މީހުންނާއި މެދު ދެކޭ ގޮތް ބަދަލުވަމުންދާކަމުގެ ހެއްކަކަށް ދާއި ކިލޯ ޕްރޭމް ފުދޭނެ ކަމަށެވެ.”މީހުން ދެކޭ ގޮށް އަންނަނީ މަޑުމަޑުން ބަދަލުވަމުން. އެކަމުން އަހަންނަށް އިތުރު ހިތްވަރެއް ލިބޭ.”އަންޖަލީ ބުނެފައިވެއެވެ. އަންޖަލީއަށް އެ ޑްރާމާ ކުޅުމުގެ ފުރުސަތު ލިބިގެން ދިޔައީ 900 ބައިވެރިންގެ އޮޑިޝަނަކަށް ފަހުގައެވެ.