ރާއްޖެއިން އަނެއްކާވެސް އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް އިތުރު ދެ ދިވެހިން ޕޮޒިޓިވްވެފައިވާ ކަމަށާއި، އެމީހުން އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
Note: Case MAV026 has been reassigned to a new positive case. Previous assignment of the case has now been canceled as it is a probable case and not a confirmed case. #StayHome #StaySafe — Health Protection Agency (@HPA_MV) April 23, 2020
Note: Case MAV026 has been reassigned to a new positive case. Previous assignment of the case has now been canceled as it is a probable case and not a confirmed case. #StayHome #StaySafe
— Health Protection Agency (@HPA_MV) April 23, 2020
މިއާއެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 90 އަށް އަރާފައިވާއިރު، މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 110 އަށް އަރައިފަ އެވެ. ކޮވިޑް-19 އިން މިހާތަނަށް ރާއްޖެއިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.
އިއްޔެ އެކަނިވެސް ރާއްޖެއިން 23 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ބަންގްލަދޭޝް މީހުންނާއި 4 ދިވެހިންނެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ އިއްޔެ ޕޮޒިޓިވްވި 14 ބިދޭސީންނަކީވެސް އެއް ތަނެއްގައި ދިރިއުޅެމުންދާ މީހުން ކަމަށާއި، އެ ކޭސްތަކަކީ ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުގެ ސްކްރީން ކުރިޔަށް ދަނިކޮށް އައިޑެންޓިފައި ކުރެވެނު ކޭސްތައް ކަމަށެވެ.
އަދި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ބުރާސްފަތި ދުވަހު ހެނދުނު ޕޮޒިޓިވްވި 09 ކޭސް އަކީ އެކި ކޭސްތަކާއި ގުޅުން ހުރި ކޭސްތައް ކަމަށާއި އޭގެ ތެރޭގައި ކޭސް 52 އާއި ގުޅުންހުރި ދެ މީހަކާއި، އަދި ކޭސް 36 އާއި ގުޅުން ހުރި ދެ ފަރާތެއް ހިމެނޭ ކަމަށެވެ.