English Edition
Dhivehi Edition
މާލޭގައި ކުރިއަށްގެންދިޔަ ކޮވިޑް-19 ޑްރިލެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ 01 ދިވެއްސަކާއި 01 ބަންގްލޭޝް މީހެއް ކަމަށެވެ.

Advt

Advertisement

އެޗްޕީއޭ އިން މިހާރު އެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ހޯމަ ދުވަހުވެސް މާލެއިން 12 ދިވެހިންނާއި 10 ބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ މިއަދު މާލެއިން ޕޮޒިޓިވްވި ޕޭޝަންޓް 59 އަދި ޕޭޝަންޓް 60 އަކީ އިހުސާން ފިހާރައިގެ ދެ މުވައްޒަފުން ކަމަށާއި، އެމީހުންނާއި ބައްދަލުވި މީހުން ފާހަގަކުރަމުންދާ ކަމަށެވެ. އަދި އިހުސާން ފިހާރައށް ދިޔަ މީހުންގެ މަޢުލޫމާތު ހޯދަން ބޭނުންވާނަމަ، އެކަން އެޗްޕީއޭ އިން އިޢުލާންކުރާނެ ކަމަށެވެ.

މީގެ އިތުރުން އިއްޔެ ޕޮޒިޓިވްވި ޕޭޝަންޓް 53 އަކީ ބީއެމްއެޗްގައި ޑެލިވަރީގައި އުޅެ ދިވެއްސެއް ކަމަށާއި، ޕޭޝަންޓް 54 އަކީ ދިވެހި ވިއުގައި މަސައްކަތް ކުރާ މީހެކެވެ. އަދި އެ ދެ މީހުންނަކީވެސް ފްލޫ ކުލިނިކަށް ދިޔަ ދެ މީހުންނެވެ.

އަދި ޕޭޝަންޓް 55 އަކީ ޕޭޝަންޓް 29 އާއި ގުޅުން ހުރި މީހެއް ކަމަށްވާއިރު، ޕޭޝަންޓް 56 އަކީ ޕޭޝަންޓް 34 އާއި ގުޅުންހުރި ދިވެއްސެކެވެ. އަދި ޕޭޝަންޓް 57 އަކީ ޕޭޝަންޓް 27 އާއި ސީދާ ބައްދަލުވި ދިވެއްސެކެވެ. މި ތިން މީހުންވެސް ޕޮޒިޓިވްވެފައިވާ އައިސޮލޭޝަން ފެސިލިޓީގަ އެވެ.

އިއްޔެ ޕޮޒިޓިވްވި ޕޭޝަންޓް 58 އަކީ ފުލޫ ކުލިނިކަށް ދިޔަ މީހެއް ކަމަށްވާއިރު، އޭނާގެ ކޮންޓެކްޓް ޓްރޭސިންގެގެ މަސައްކަތް އެޗްޕީއޭ އިން ދަނީ މިހާރު ކުރަމުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 69 އަށް އަރައިފަ އެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.