English Edition
Dhivehi Edition
މާލޭ ނޯތު ހާބަރުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އަސަދްސް ފޮޓޯގްރަފީ އެންޑް ޕާސަނަލް ބްލޮގް

ރާއްޖޭގެ ރިސޯޓްތަކާއި ރަށްރަށަށް ބޭނުންވާ މުދާ، މާލެ ސިޓީން ގެންދެވޭ އިންތިޒާމް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހުރިހާ ރަށަކާއި ރިސޯޓްތަކަށްވެސް ފެނާއި ކޮންމެހެން ބޭނުންވާ އަސާސީ ތަކެތި ގެންދިއުމަށް މާލެ އުތުރު ހާބަރަށް އާދެވޭނެ ކަމަށެވެ. ނަމަވެސް މާލެ ސިޓީ ފުރަބަންދުކޮށްފައިވުމާއި ގުޅިގެން އެ އުޅަނދުތަކުގައި އެއްވެސް ފަސިންޖަރަކަށް ނާދެވޭނެ ކަމަށާއި، އުޅަނދުތަކުގައި ދަތުރުކުރެވޭނީ ހަމައެކަނި ފަޅުވެރިންނަށް ކަމަށެވެ.

އަދި ރަށުން ދަތުރު ފެށުމުގެ ކުރިން ކައުންސިލްތަކާއި ދަތުރުގެ މަޢުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ރަށްތަކަށް ގިނައިން މުދާ ގެންނަނީ މާލެއިން ކަމަށްވާއިރު، މާލެ ފުރަބަންދުކުރުމާއި ގުޅިގެން ރަށްރަށަށް މުދާ ލިބުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާއި ވަނީ ކުރިމަތިވެފަ އެވެ. އަދި ޚާއްސަކޮށް ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވާއިރު، ބޭނުންވާ ތަކެތި ލިބޭނެކަމާމެދު ވަނީ ރައްޔިތުންގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ.

އެހެންނަމަވެސް މާލެއިން މުދާ ގެންދެވޭނެ ގޮތް ހަމަޖެހިގެންދިއުމާއެކު މި މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.