English Edition
Dhivehi Edition

އެންދަމަން ފީނި މީހާ މޫދު އަޑީގައި މަރުވެފައި އޮތްވާ ފެނިއްޖެއެވެ. އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ފެނުނީ މިރޭ 11.30 ހާއިރު 50 މީޓަރ އަޑިން ކަމަށެވެ. އޭނާ ގެ ހަށިގަނޑު މިހާރުވަނީ ތިނަދޫއަށް ގެންދެވިފައެވެ.

ފުޅި އަޅައިގެން އެންދަމަން ފީނި މީހެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ޙަރަކާތްތެރިވާންފެށީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

އެންއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމީހާ ފީނާފައިވަނީ ގދ.ކޮނޮއްޓާ ރިސޯޓް މޯލްޑިވްސްގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރަށްކަމަށާއި

މިހާދިސާގެ ރިޕޯޓް މިރޭ 08:12 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެ އޭރިއާ ހާބަރކްރާފްޓް ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައިކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ “އަސްދާން” ނަމަކަށް ކިޔާ ދޯނިން އެންދަމަން ފޭބި އުމުރުން 28 އަހަރުގެ ސާޖިދު މުޙައްމަދު ރަޝީދު ނަމަކަށް ކިޔާ ތިނަދޫ މީހެކެވެ.

ފީނަން ގޮސް އުޅެނިކޮށް މަރުވި ސާޖިދު