މާލެ ސިޓީން އަނެއްކާވެސް އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ހާމަކުރި ގޮތުގައި މާލެއިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި ފަރާތާއި ސީދާ ކޮންޓެކްޓްވި އިތުރު ދިވެއްސެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހާ މިހާރު އެކަހެރިކޮށްފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
The person is currently in an Isolation Facility. It is the 8th Maldivian to test positive for the disease.
— Health Protection Agency (@HPA_MV) April 15, 2020
މިއާއެކު މާލެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 03 އަށް އަރައި، މުޅި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 23 އަށް އަރައިފަ އެވެ.
ފުރަތަމަ ކޭސްގައި ޕޮޒިޓިވްވި ފަރާތާއި ސީދާ ކޮންޓެކްޓްވި 11 މީހުންގެ ސާމްޕަލް ޓެސްޓްކޮށްފައިވާއިރު، 10 ޓެސްޓްގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ. އަދި އެކަކު ޕޮޒިޓިވްވެފައިވާއިރު، އެއީ ފުރަތަމަ އަށް ޕޮޒިޓިވްވި މީހާގެ ތުއްތު ދަރިފުޅު ކަމަށް މަޢުލޫމާތު ލިބެއެވެ.
މީގެ އިތުރުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި 14 މީހަކު ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، އެ 14 މީހުންނަކީ މިއަދު މާލެއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމުތަންތަނަށް ނިކުތުން މަނާކޮށްފައެވެ. އަދި ހުޅުމާލެ އާއި މާލެ އަދި ވިލިމާލޭގައި ފެރީ އަދި ބަހުގެ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާއިރު މި ރަށްތަކުގެ އިތުރުން ގުޅީފަޅާއި ތިލަފުށްޓަށްވެސް މީހުން އަރާ ފޭބުންވަނީ މަނާކޮށްފައެވެ.
އަދި އެޗްޕީއޭ އިން ބުނީ ބުނީ މާލެ ސިޓީ “ލޮކްޑައުން” ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.