English Edition
Dhivehi Edition
ފަރަށް އެރި އަލްމާ ބޯޓް - ފޮޓޯ: އެމްއެންޑީއެފް

08 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ 08 މީހުންނާއެކު މާލެއިން ފުރައިގެން އައްޑޫ ސިޓީ ފޭދޫ އަށް ދަތުރުކުރި “އަލްމާ” ނަމަކަށް ކިޔާ ބޯޓު، ގދ. މާވަރުލު ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް އެމްއާރްސީސީ އަށް ލިބިފައި ވަނީ މިއަދު 17:35 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ވަނީ ފަރަށް އެރި ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުންވި ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.