English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު މިހާރު އޮތީ ހޮސްޕިޓަލްގެ އައިސީޔޫގައި ނޫންކަމަށް އޭނަބުނެފިއެވެ.

މިހިނގާ މާރިޗު މަހު 9ވަނަ ދުވަހު ކަނިކާ ލަންޑަނުން ފުރައިގެން އިންޑިއާއަށް އައުމަށްފަހު އޭނަ ހުންއައިސް ކެއްސާތީ ޑޮކްޓަރަށް ދެއްކުމުން ކޮވިޑް19 އަށް ކުރި ޓެސްޓްވަނީ ޕޮޒިޓިވް ވެފައެވެ.

Advt

Advertisement

މިމަހު 20ވަނަ ދުވަހު ކަނިކާ އެކަހެރިކޮށް ސަންޖޭގާންދީ ޕޯސްޓްގްރެޑުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ހޮސްޕިޓަލްގައި ވަނީ އެޑްމިޓކޮށްފަރުވާ ދޭންފަށާފައެވެ. ކަނިކާ ދާދި ފަހުން ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ އޭނަ މިވަގުތު އޮތީއައިސީޔޫގައި ނޫންކަމަށާއި އޭނަގެ ހާލު މިހާރުދަނީ ރަނގަޅުވަމުން ކަމަށެވެ. “. އެންމެފަހުން ނެގި ބްލަޑް ސާމްޕަލްއާއިއެކު މުޅިއެކު މިހާތަނަށް ކުރި 4ޓެސްޓުންވެސް އަދިވެސް ދައްކަނީ ޕޮޒިޓިވް ކަމަށް. ނަމަވެސް އުންމީދު ކުރަނީ ދެންކުރާ ޓެސްޓުގެ ނަތީޖާ އަންނައިރު ނެގެޓިވް ވުން” ކަނިކާ ބުންޏެވެ.

“ބޭބީޑޯލް” ލަވަކިޔައިގެން ގިނަމީހުންގެ ލޯބި ލިބުނު ކަނިކާ ބުނީ މިވަގުތު އޭނަ ވަރަށް އެކަނިވެރިކަށެވެ. އަދި އެދެނީ ވީހާވެސް އަވަހަކަށް ދަރިންނާއި އާއިލާ އާއިއެކު އުޅެވޭނެ ދުވަހަކަށެވެ.

ކަނިކާ ލަންޑަނުން ފުރައިގެން ލަކްނޯއަށް ކުރި ދަތުރުގައި އޭނަގެ ގައިން ކޮވިޑް19 ގެ އަލާމާތްތަށް ފެންނަން ހުރިކަމަށް ބުނެ ޓެސްޓް ކުރަން އުޅުމުން ފާހާނާތެރޭގައި ފިލައި އަދި، ލަކްނޯއަށް ގޮސް އެތައް ބައެއް އެއްވެފައިވާ ޕާޓީތަކަށް ގޮސް މީހުންނާއި ކޮންޓެކްޓް ވެފައިވާ މައްސަލައިގައި އޭނަގެ މައްޗަށް ދައުވާކުރުމަށްވެސް އެތައްބަޔަކުވަނީ ގޮވާލާފައެވެ.

ކޮވިޑް19 ޖެހިގެން މިހާތަނަށް ބައެއް މަޝްހޫރު ފަރާތްތައް ވަނީ ދުނިޔެ ދޫކޮށްފައެވެ. މަޝްހޫރު ފަރާތް ތަކުގެ ތެރެއިން ގްރެމީ އެވޯޑް ހާސިލްކޮސްފައިވާ ކަންޓްރީ މިއުޒިކް ސްޓާރ ޖޯއީ ޑެފީ ވަނީ މިދިޔަ އާދީއްތަދުވަހު މަރުވެފައެވެ. ޖޯއީ ގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި “ޕިކަޕްމޭން” ފަދަ ލަވަތައް ހިމެނެއެވެ.