STO in aa subsidiary kunfunyeh ufahdhaifi - AO News STO in aa subsidiary kunfunyeh ufahdhaifi

ކޮވިޑް 19 ކަވަރޭޖް

  • އައްޑޫސިޓީން، ދަނޑުވެރިކަމުގެ މަސައްކަތަށް ބިން ދޫކުރަނީ
  • މުވައްޒަފުންނަށް ނޯޕޭ ދީ މުސާރަކުޑަކުރަނީ ގާނޫނާ ހިލާފަށް: ލޭބާ ރިލޭޝަންސް
740,235 CONFIRMED
156,588 RECOVERED
548,612 ACTIVE
35,035 DEATHS
WORLD
17 CONFIRMED
13 RECOVERED
2 ACTIVE
0 DEATHS
MALDIVES
Last updated on : 2020-03-30 14:27
އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: މުޙައްމަދު ޝަރުހާން
އެސްޓީއޯއިން އާ ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި
4 ދުވަސް ކުރިން

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު (އެމް.އެސް.އެސް) ގެ ނަމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އާ ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.

Advt

Advertisement

އެސްޓީއޯ އިން ބުނީ އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގު ފަހިކޮށް ދިނުން ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެއް ކަމަށާއި، އެ ކުންފުނީގެ މަސައްކަތްތައް މިހިނގާ މާރިޗް މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެސްޓީއޯއިން އާ ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައިވާއިރު، އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލަން ނިންމައިފަ އެވެ.

އެގޮތުން މިމަހުގެ ތެރޭގައި އެކުންފުނީގެ ބޯޑުން ވަނީ އެސްޓީއޯގެ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސިންގަޕޫރޫ) ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމައިފަ އެވެ. އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ މޯލްޑިވްސް ނެޝެނަލް އޮއިލް ކޮމްޕެނީ އާއި އެސްޓީއޯ ހޮޓެލްސް އެންޑް ރިސޯސާސް ޕްރައިވެޓް ލިމިޓެޑް އުވާލުމަށްވެސް އެކުންފުނިން ވަނީ ނިންމައިފައެވެ.