English Edition
Dhivehi Edition
ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ /ފޮޓޯ :މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން ފަރުދުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން ބައެއް ސަބްސިޑައިޒްކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މި ދެ މަހު ކަރަންޓު ބިލުން 40 އިންސައްތަ ފެން ބިލުން 30 އިންސައްތަ ކަނޑައިދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނިންމާފައިވާ ކަމަށް، ފިނޭންސް މިނިސްޓަރު ވަނީ އިއުލާނުކުރައްވާފައެވެ.