English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅޭގޮތުން އައްޑޫގައި އެކުލަވާލި ޓާސްކު ފޯހުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ކައުންސިލް

ކޮވިޑް- 19 އަށް ޝައްކު ކުރެވޭ އެއްވެސް ކޭހެއް އަދި އައްޑޫގައި ނެތް ކަމަށާއި އެފަދަ ކޭހެއް ފެނިއްޖެނަމަ ކަންތައްތައް ކުރަންވީ ގޮތުގެ ހުރިހާ ކަމެއް ތައްޔާރަށް ހުރި ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) އިން ބުނެފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅޭގޮތުން އައްޑޫގެ މިވަގުތުގެ ހާލަތާ ބެހޭ މައުލޫމާތު ހޯދުމަށް އޭއޯނިއުސް ޓީމުން ރޭ ވަނީ އޭއީއެޗްގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފައެވެ.

“މިވަގުތު އަދި އެއްވެސް ކަހަލަ ޝައްކު ކުރެވޭ ކޭހެއް ވެސް އައްޑޫގައި ނެތް.ސަސްޕެކްޓް ކޮށް އެކަހެރިކުރަން ޖެހޭ ހާލަތުގައި ހުރި މީހަކު ވެސް ނެތް. އެފަދަ މީހަކު ފެނިއްޖެ ހާލަތެއްގައި ދެން ކުރަން ޖެހޭ ހުރިހާ ކަމަކަށް މިވަނީ ފުރިހަމައަށް ތައްޔާރުވެފައި. ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ގަމުގައި ހުންނަ ދޫގަސް ބޭނުންކުރުމަށް ހަމަޖެހި އެތަން ވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފައި” ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވިއެވެ.

އައްޑޫގައި ވައިރަހަށް ޝައްކުކުރެވޭ ދެ މީހަކު ތިބި ކަމަށް ދެކެވޭ ވާހަކައަށް ޖަވާބު ދެއްވަވަމުން ސާދާތު ވިދާޅުވީ އެފަދަ ކޭހެއް ނެތް ކަމަށާއި ކޭހެއް ފެނިއްޖެނަމަ ދޫގަހަށް ގެންދެވޭނެ ކަމަށެވެ.

“އަދި ދޫގަހުގައި އެއްވެސް މީހަކު ނެތް. މާނައަކީ އަދި އައްޑޫގައި ވައިރަހުގެ އެއްވެސް ކޭހެއް މިވަގުތު ނެތޭ” ސާދާތު ވިދާޅުވިއެވެ.

ސާދާތު ވިދާޅުވީ ކޮވިޑް- 19 އާއި ގުޅިގެން މިހާރު ވަނީ އައްޑޫގައި ވެސް ޓާސްކުފޯހެއް އެކުލަވާލާފައި ކަމަށާއި ހާލަތާ ގުޅޭ ގޮތުން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް ހޮސްޕިޓަލް ފުރިހަމަ އަށް ތައްޔާރަށް އޮތް ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޓެސްޓްކޮށްފައި ވަނީ 73 ސާމްޕަލެކެވެ. އޭގެ ތެރެއިން 65 ސާމަޕްލް ބައްޔަށް ނެގެޓިވްވި އިރު ނަތީޖާ ނުލިބި އޮތީ ދެ ސާމްޕަލް އެވެ. ރާއްޖެއިން މިހާތަނަށް އެބަލި ޖެހިފައި ވަނީ ހަ މީހަކަށެވެ.

 

 

2 ކޮމެންޓް
Saranfee gudho
މާޗް 11, 2020
Task force othy Hama rangalhaah. Task force a Rashi rayyithun thibea nijehei.
SARANFEE
މާޗް 11, 2020
މިއީ ކިހިނެތް ވިސްނަވާފަ ނެންގެވި ޓާސްކް ފޯހެއްތޯ. ކޮބާ ޖަމްއިއްޔާ ޖަމާޢައްތަކާއި މުއައްސަސާތައް އަދި ވިޔަފާރިތައް. ބަތްކައްކާ ކުޅުން ހުއްޓާ ލައްވާ.