English Edition
Dhivehi Edition

ރާއްޖެއިން ކޮވިޑް-19 ވައިރަސް ފެނުމާއި ގުޅިގެން މި ވައިރަހުގެ އަލާމާތްތައް ފެންނަނަމަ ދަރިވަރުން ކޮލެޖަށް ނައުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން އަންގައިފި އެވެ.

އެމްއެންޔޫ އިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހާލަތު ބަދަލުވަމުންދާގޮތް އެ ޔުނިވަރސިޓީ އިން ބަލަމުން ގެންދާ ކަމަށެވެ. މިބަލީގެ ނުރައްކަލުން އެ ޔުނިވަރސިޓީގެ ދަރިވަރުން ސަލާމަތްވެތިބުމަށް އަންނަނިވި އިރުޝާދުތަކާއި އެއްގޮތަށް ދަރިވަރުން އަމަލުކުރުން އެމްއެންޔޫ އިން ވަނީއެދިފަ އެވެ.

•ރޯގާޖެހި، ކެއްސާ، ހުންއައިސް ނޭވަޔަށް އުނދަގޫކުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ދަރިވަރު ކުލާހާށް ހާޒިރު ނުވުން އަދި ގޭގައި މަޑުކޮށް ސިއްހީ ފަރުވާ ހޯދުން

•ކޮވިޑް_-19 ގެ ޢަލާމާތްތައް ހުރިކަމަށް ޝައްކުކުރެވޭ މީހަކު ނުވަތަ ބަލި ޖެހިފައިވާ މީހަކު ހުރި ސަރަޙެއްދެއްގައި ދަރިވަރެއް އުޅެފައި ވާނަމަ ނުވަތަ އުޅޭނަމަ ޔުނިވަރސިޓީއަށް ޙާޟިރު ނުވުން

•ބަލިވެގެން ކުލާހާށް ނާދެވޭނަމަ، ކޯސް ކޯޑިނޭޓަރަށް އެންގުން ނުވަތަ ފެކަލްޓީ ނުވަތަ ސެންޓަރުން ދީފައިވާ އީމެއިލް އެޑްރެހަށް އީމެއިލްކޮށް އެންގުން

•ތިބާއަކީ މާބަނޑު މީހެއް ނުވަތަ ބޮޑު ބައްޔަކަށް ފަރުވާކުރާ މީހެއް، ނުވަތަ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހެއް ކަމަށްވެފައި، ކުލާސްތަކަށް ހާޒިރުވާން އުޒުރުވެރިވާނަމަ، ފެކަލްޓީގެ ޑީނުގެ އިރުޝާދު ހޯދުން

•ތިބާއާއި ތިބާގެ މާހައުލުގެ ސާފުތާހިރުކަން ދެމެެއްޓުން . ވަކިން ހާއްސަކޮށް ސައިބޯނިލައިގެން ރަނގަަޅަށް އަތް ދޮވުމާއި، ބަލިމީހުންނާއި ދުރުގައި ތިބުމަށް ސަމާލުކަން ދިނުން.

•ހުރިހާ ދަރިވަރުންވެސް ބޭނުން ކުރެވޭ އީމެއިލް އެޑްރެހެއް އޮތްކަމާއި މޫޑްލް ބޭނުންކުރެވޭކަން ކަށަވަރު ކުރުން އަދި އިންޓަރނެޓު އެކްސެސް ކަށަވަރުކުރުން

•ދަރިވަރުންނަށް ދޭ އިރުޝާދާއި ފޯރުކޮށްދޭ މައުލޫމާތުތައް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވެބްސައިޓުގައާއި، ފޭސްބުކް ޕޭޖުގައި އަދި ޓުވިޓަރގައި ލިބެން ހުންނާނެ

•ކޯވިޑް-19 ބަލީގެ ފަރުވާއާއި ގުޅޭ ކަންކަމުގައާއި ކަރަންޓީނުގެ ކަންކަމުގައި އެޗް.ޕީ.އޭ. ގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުން

•މި ހިނގާ މާރޗްމަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ ބްލެންޑަޑް މޯޑުގެ ފޭސް-ޓު-ފޭސް ކުލާސްތައް އޮންނާނީ ފަހުގެ ތާރީޚެއްގައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ވައިރަސް ފެނިފައިވާއިރު އެތައް ހާސް ބަހަކަށް ވަނީ ވައިރަސް ޖެހިފައެވެ. އެތައް ބަޔަކު ވައިރަސް ޖެހިގެން މަރުވެފައިވާއިރު ރާއްޖެއިން ވެސް ވަނީ ދާދިފަހުން ވައިރަސް އަށް ބަޔަކު ޕޮޒިޓިވް ވެފައެވެ.

މިހާރު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް ވެފައި ތިބީ 6 މީހުންނެވެ.

1 ކޮމެންޓް
ފހގފހބ
މާޗް 10, 2020
ދެން އެޓެންޑެންސް ލިބެއި ??