Commercial bandharu thakugai Customs ge anhen muvazzafun harakaaiytheri vaan fashaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ކަސްޓަމްސް

ކޮމާޝާލް ބަނދަރުތަކުގައި މުދާ ބަލައިފާސްކުރުމުގެ މަސައްކަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އަންހެން މުވައްޒަފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މުދާ ބަލައިފާސްކޮށް ދޫކުރުމުގެ ދާއިރާގައި ދެ ޖިންސުގެ މެދުގައި ޒަމާނުއްސުރެ އޮތް ތަފާތު ނައްތާލައި، އެކަން އިފްތިތާޙްކޮށްދެއްވީ ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީ އެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކަސްޓަމްސްގައި މިއަދު ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ޢާއިޝާ ވިދާޅުވީ މިންތީގެ ހަމަހަމަކަން ޤާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ކަސްޓަމްސްގެ އަންހެން މުވައްޒަފުންނަށް ތަފާތު ކުރުމެއްނެތި މުދާ ދޫކުރުމުގެ މަސައްކަތް ކުރެވޭ ގޮތަށް ނިންމި ނިންމުމަކީ މިންތީގެ ތަފާތު ކުރުންތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން އެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ކަސްޓަމްސްގެ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށް އެކަމަނާ ބާރުއެޅުއްވި އެވެ. އަދި ކަސްޓަމްސް އިން އިސްނަގައިގެން މިފެށި މަސައްކަތް ނަމޫނާއެއްގެ ގޮތުގައި ބަލައި، އެހެން އިދާރާތަކުންވެސް މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވި އެވެ.

މިއަދުގެ ޙަފްލާގައި ކަސްޓަމްސްގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު ދެއްކެވި ވާހަކަފުޅުގައި، މުދާ ދޫކުރުމުގެ މަސައްކަތުގައި އަންހެން އޮފިސަރުން ރަސްމީކޮށް ހަރަކާތްތެރިވާން ފެށުމުން ކަސްޓަމްސް ދާއިރާއިން މިހާތަނަށް ނުލިބި ހުރި ގިނަގުނަ ފުރުސަތުތަކެއް އެ އޮފިސަރުންނަށް ހުޅުވިގެންދާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ރާއްޖެއާއި ރއްޖެއިން ބޭރުގައި ދެވޭ ދާއިރާއާއި ގުޅުންހުރި ތަމްރީންތަކުގައި ބައިވެރި ކުރުމާއި، އަދި ކެރިއަރ ޕާތުގެ ތެރެއިން މަތީ ހަރުފަތްތައް ގިރާކުރުމަށް ހުރި ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް ފާހަގަކުރެއްވި އެވެ.

ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފްރަންޓްލައިން ވަޒީފާތަކުގައި ޙަރަކާތްތެރިވާ އަންހެނުން ހިފަހައްޓާ މޯރަލް ވެލިއުސްތައް ފިރިހެނުންނަށްވުރެ ރަނގަޅު ކަމަށް ބައެއް ދިރާސާތަކުގައި ފާހަގަކޮށްފައި ހުންނަ ކަމަށް ވިދާޅުވެ، މި ފެށުނު މަސައްކަތުގެ ސަބަބުން ސަރުކާރުގެ ޒީރޯ-ޓޮލަރެންސް ސިޔާސަތަކަށް ކަސްޓަމްސް ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.