Virus ah shakku kurevigen summer island resort in 4 meehaku quarantine kohfi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ސަމާ އައިލެންޑް ރިސޯޓުގެ 4 މީހުން އެކަހެރިކޮށްފި އެވެ.

ސަމާ އައިލެންޑް ރިސޯޓުން އެކަހެރިކޮށްފައި ވަނީ އެ ރިސޯޓުގެ ޑޮކްޓަރާއި 3 މުވައްޒަފުންނެވެ. މިކަމާއި ގުޅިގެން އެ ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނީ ވައިރަހަށް ޝައްކު ކުރެވިގެން ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިއެއްގެ އިތުރުން ރިސޯޓުގައި މަސައްކަތް ކުރަމުންދާ ސްޓާފަކު އެކަހެރިކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޝައްކުކުރެވިގެން ސަމާ އައިލެންޑުން އެކަހެރިކޮށްފައި ވަނީ އިންޑިޔާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ޑޮކްޓަރެކެވެ. އަދި ވައިރަހަށް ޝައްކުކުރެވޭތީ އެކަހެރި ކޮށްފައި ވަނީ ފްރާންސް އަށް ނިސްބަތްވާ އުމުރުން 20 އަހަރާ 30 އަހަރާ ދެމެދުގެ 2 ފަތުރުވެރިންނެވެ.

ސަމާ އައިލެންޑުން ބުނީ އެ ރިސޯޓަށް އައި ފްރާންސުގެ 2 ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އެދެމީހުން އެއާޕޯޓުން ރިސޯޓަށް އައިސްފައި ވަނީ ލޯންޗުން ކަމަށާއި އިތުރު އެހެންތަނަކަށް އެމީހުން ގޮސްފައި ނުވާކަމަށް އެ ރިސީޓުން ބުނެއެވެ.

އެ ރިސޯޓުން ބުނީ 2 ފަތުރުވެރިން މިމަހުގެ 5 ވަނަ ދުވަހު ހުންއައިސްގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެކަން އެނގުމުން އެޗްޕީއޭގެ ސަމާލުކަމަށްވެސް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި އެ 2 ފަތުރުވެރިން އެމީހުންގެ ކޮޓަރީގައި ކަރަންޓީން ކުރި ކަމަށާއި ޖެހިގެން އައި ދުވަހު އެމީހުން ބެލި ޑޮކްޓަރު ނޭވާލާން އުނދަގޫވުމުން އެ ޑޮކްޓަރުވެސް ކޮޓަރީގައި ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އެކަންވެސް އެޗްޕީއޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެ ރިސޯޓުން ބުނެއެވެ.

ކަރަންޓީން ކޮށްފައިވާ ދެ ފަތުރުވެރިންނާއި ޑޮކްޓަރުގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެޗްޕީއޭގެ ހުއްދަ ނެތި ސަމާ އައިލެންޑު ރިސޯޓަށް މީހުން އަރާ ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.