Virus fethurifaivaa gaumuthakuge adhadhu 80 ahvure mathi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސް، ކޮވިޑް-19 ވައިރަސް ފެނިފައިވާ ޤައުމުތަކުގެ އަދަދު 82 ކަށް އަރައިފި އެވެ.

ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެކި ފިޔަވަޅުތައް ޤައުމުތަކުން އަޅަމުން ގެންދާއިރު މި ވައިރަސް ވަނީ ދުނިޔޭގެ އެކި ޤައުމު ތަކުން 95،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައެވެ. ގައިންގަޔަށް އަރާ މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ މިއަދާއި ހަމައަށް 3،280 އަށް އަރައިފައެވެ.

ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު މި ވައިރަސް ކޮންޓްރޯލް ނުވެ މިއަދާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވާތީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާތަލުވެސް މީގެ ކުރިން ނެރެފައެވެ. އަދި ވައިރަހުން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދުނިޔޭގެ ޤައުމުތަކަށް އެ ޖަމިއްޔާއިން ވަނީ އަންގާފައެވެ.

ކޮވިޑް-19 އާއި އެހެން ވައިރަސްތައް

ކޮވިޑް-19 އަށް މިއަދާއި ހަމައަށްވެސް ވެކްސިނެއް އުފެއްދިފައި ނުވާއިރު ދުނިޔޭގެ މުއްސަނދީން ދަނީ މި ވައިރަސް ހުއްޓުވުމަށް ވެކްސިނެއް އުފައްދަން ޚަރަދުވެސް ކުރަމުންނެވެ. އެމެރިކާއިންވެސް މި ވައިރަސް ފެނިފައިވާއިރު އެ ޤައުމުގެ ކޮންގްރެސްއިން ވަނީ 8.3 ބިލިއަން ޑޮލަރުގެ އިމަޖެންސީ ބަޖެޓެއް ފާސްކޮށްފަ އެވެ.

ކޮވިޑް-19 ، އެންމެ ގިނައިން ޖެހިފައި ވަނީ ޗައިނާގެ މީހުންނަށެވެ. އަދި މި ބަލި ޖެހިގެން އެންމެ ގިނައިން މަރުވެފައިވެސް ވަނީވެސް އެ ޤައުމުގެ މީހުންނެވެ. ޗައިނާ ފިޔަވައި ދެން އެންމެ ގިނައިން މި ބަލި ޖެހިފައި މީހުން މަރުވެފައި ވަނީ އީރާނުންނެވެ. އެޤައުމުން މި ބަލި ޖެހިގެން 107 މީހުން ވަނީ މަރުވެފަ އެވެ.

އީރާނުގެ ސްކޫލްތައް ބަންދުކޮށްފި