English Edition
Dhivehi Edition
ހިތަދޫގައި ޤާއިމްކޮށްފައިވާ "ސިޓީ ބާޒާރު" ސަރަޙައްދު - ފޮޓޯ: ޓްވިޓާ (އައްޑޫ ސިޓީ ކައުންސިލް)

އައްޑޫ ސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން ހިތަދޫ އަވަށުގައި ގާއިމުކޮށްފައިވާ “ސިޓީ ބާޒާރު”ގެ ފިހާރަތަކެއް ކުއްޔަން ދޫކުރަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިޓީ ބާޒާރުގެ ފިހާރަތަކުގެ ތެރެއިން ހުސްވެފައިވާ 03 ފިހާރަ ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށާއި، ކުއްޔަށް ދޫކުރާ ފިހާރަތަކަކީ، 3 ނަމްބަރ ފިހާރަ، 5 ނަމްބަރ ފިހާރަ، އަދި 8 ނަމްބަރ ފިހާރަ ކަމަށެވެ.

ކައުންސިލުން ބުނީ އެކި ބާވަތުގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުއްޔަށްދިނުމަށް ނިންމާފައިވާ އެ ފިހާރަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ބާޒާރުގެ ފިހާރަތައް ކުއްޔަށް ހޯދުމަށްއެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ފޯމު ސެޓް ގަންނަން ލިބޭނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ކަމަށާއި، ފޯމު ސެޓެއްގެ އަގަކީ، 150/- ރުފިޔާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ފޯމާއި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާޗު 12 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގައި ކަމަށާއި، ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފާރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.