English Edition
Dhivehi Edition
ޑރ. ބިލާލް ފިލިޕްސް - ފޮޓޯ: ގޫގުލް

މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޑރ. ބިލާލް ފިލިޕްސް އަންނަ މާޗު މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ޒުވާނުންގެ މެދުގައި އަމާންކަމާއި ސުލްޙަމަސްލަސްކަން ޕްރޮމޯޓްކުރުމަށްޓަކައި ރާއްޖެ ވަޑައިގަތުމަށް ދެއްވި ދަޢުވަތު ޤަބޫލުކުރެއްވި ކަމަށްޓަކައި ޑރ. ބިލާލް އަށް ޝުކުރު ދަންނަވާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ އަންނަ މާޗު މަހުގެ 12 އިން 18 އަށް ޑރ. ބިލާލް ރާއްޖޭގައި ހުންނަވާނެ ކަމަށެވެ.

ރާއްޖޭގައި ދީނީ ޙަރަކާތްތައް ހިންގާ ޕީސް ފައުންޑޭޝަންގެ ދަޢުވަތަކަށް 2017 ވަނަ އަހަރުވެސް ޑރ. ބިލާލް ރާއްޖެ ވަޑައިގެންފައިވާއިރު، އޭގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޑރ. ބިލާލް ވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ޑރ ބިލާލް ފިލިޕްސް އަކީ 1972 ވަނަ އަހަރު އިސްލާމް ދީނު ޤަބޫލު ކުރެއްވުމަށްފަހު އިސްލާމީ ތައުލީމުން އެންމެ މަތީ ފާސް ނަންގަވާފައިވާ އިލްމުވެރިއެކެވެ. ދީނީ އެކި އެކި މައުޟޫތަކައް 50 އަށްވުރެ ގިނަ ފޮތް ވަނީ ލިޔުއްވާފައެވެ. އަދި މިހާރުވެސް އިސްލާމް ދީނަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ޕީސްޓީވީ، އިސްލާމިކް ޗެނަލް، ހުދާ ޓީވީ ފަދަ ޗެނަލްތަކުގައި އަންނަނަނީ ދަރުސް ދެއްވަމުންނެވެ.