English Edition
Dhivehi Edition

ގިނަ ދުވަސްތަކެއްވަންދެން އެކުގައި އުޅުމަށްފަހު އާލިއާ ބަޓް އާއި ސިދާތް މަލޯތްރާގެ ގުޅުން ކެޑިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ދެހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ފިލްމު، “ސްޓޫޑަންޓް އޮފް ދަ އިޔާ” އިން ފިލްމީ ދާއިރާ އަށް ނުކުތް މި ދެތަރިން ރައްޓެހިވެގެން އުޅޭކަމަށް މިޑިއާގައި ހަބަރު ފެތުރިފައިވާއިރު، މީގެ ކުރިން ދެތަރިންވެސް ބުނެފައިވަނީ އެދެމެދުގައި އެކަހަލަ ގުޅުމެއް ނެތްކަމުގައެވެ. އެހެންނަމަވެސް ދެތަރިން އެކުގައި ހަފްލާތަކުގައި ބައިވެރިވުމާއި، ޗުއްޓީ ހޭދަކޮށްލުން އަދި އެކަކު އަނެކަކުގެ އާއިލާއާއި ބައްދަލުކުރާ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ސޯޝަލް މީޑިއާގައި އެތައްފަހަރަކުވަނީ ދައުރުވެގެން ގޮސްފައެވެ.

ދެމީހުން ދެމެދުގައި ލޯބީގެ އެއްވެސް ގުޅުމެއް ނެތްކަމަށް ދެތަރިން ބުނެފައިވީ ނަމަވެސް ދެ އަހަރުވީ އެ ‘ހާއްސަ’ ގުޅުމައް މިހާރުވަނީ ނިމުން އައިސްފައެވެ. އާލިއާގެ ގާތް ފަރާތަކުން ބުނެފައިވަނީ ދެމީހުންގެ ދެމެދުގައި މައްސަލަޖެހެން މެދުވެރިވި ސަބަބަކީ ސިދާތް އާއި ބަތަލާ ޖެކްއަލީން ފާނެންޑޭޒްއާ ދެމެދު ގާތްގުޅުމެއް އޮތުންކަމަށެވެ. އަދި މި ދެތަރިން އެކުގައި ކުޅެމުންދާ ފިލްމު “އަ ޖެންޓްލްމަން” ގެ ޝޫޓިންގައި ގައިގޯޅި މަންޒަރުތަކެއް ހިމެނުމުން އާލިއާ އެކަމާ ސިދާތް ދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަށް އެފަރާތުންވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ދެތަރިން ގެ މެދުގައި މައްސަލަޖެހި ވަކިވެފައިވީ ނަމަވެސް ފަހުން ދެމީހުންވަނީ ވާހަކަދައްކައިގެން މައްސަލަ ހައްލުކޮށްފައެވެ. ކުރީ ފަހަރުތަކާއި ހިލާފަށް މި ފަހަރު ދެމީހުން ރުޅިވި ފަހުން ވާހަކަވެސް ނުދައްކާ ކަމަށާއި ދެން ދެމީހުން އަލުން ގުޅޭނެ ކަމުގެ އެއްވެސް އިޝާރަތެއް ފެނިފައި ނުވާކަމަށް އަލިއާގެ އެކުވެރިޔާ ވަނީ ބުނެފައެވެ. “އަބަދުވެސް ދެމީހުން މައްސަލަޖެހޭ. އެކަމަކު މި ފަހަރު ދެމީހުން ވަކިވާން ނިންމީ ދެން އެކުގައި ނޫޅެވޭނެކަން ޔަގީންވުމުން. މިހާރު ވާހަކަ ނުދެއްކި ނަމަވެސް އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން ދެމީހުން އަލުން އެކުވެރިންގެ ގޮތުގައި އުޅުން.” އެ ފަރާތުން ބުންޏެވެ.