English Edition
Dhivehi Edition

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީކުރުމުގެ މަޝްރޫއަކީ ދިވެހިންނަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށާއި މުސްތަޤްބަލުގައި ދިވެހިރާއްޖެއަށް ގެންނަންޖެހޭ ތަރައްޤީ ގެނެވެން އޮތީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށްގެންކަމަށް އިކޮނިޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. ޕީއެސްއެމްނިއުސް ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިންގެ އަމިއްލަ ތަރިކައެއްގެ ގޮތުގައި ބާއްވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް މި ސަރުކާރުން ފަށްޓަވާފައިވާ ބިޔަ މަޝްރޫޢުގެ މަސައްކަތް މަޑުޖެހުމެއްނެތި ކާމިޔާބުކަމާއިއެކު ކުރިއަށްދާކަމީ ފާހަގަކޮށްލަންޖެހޭ ކާމިޔާބެއްކަމަށެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތް ކުރިއަށްދާގޮތާބެހޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސަޢީދު ވިދާޅުވީ، މިއީ ދިވެހިންނަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށެވެ. އަދި މުސްތަޤްބަލުގައި ދިވެހިރާއްޖެއަށް ގެންނަންޖެހޭ ތަރައްޤީ ގެނެވެން އޮތީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށްގެންކަމަށްވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް އަދުގެ ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުއެއް ކުރިއަށްގެންދާއިރު، އެމްއޭސީއެލްގެ އަމާޒަކީ ދިވެހިންގެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. އެގޮތުން ޒަމާނީ ރަންވޭއަކާއެކު ދުނިޔޭގެ ބޮޑެތި އެއަރކްރާފްޓްތަކަށް ޖެއްސޭފަދަ އެއަރޕޯޓަކަށް އެއަރޕޯޓް ބަދަލުކުރުމެވެ. އެއަރޕޯޓުން ކޮންމެ އަހަރަކު ޚިދުމަތް ހޯދަމުންދާ 1.5 މިލިއަން ފަސިންޖަރުންގެ އަދަދު 7.5 މިލިއަނަށް އިތުރުކޮށް، ދިވެހިންގެ ބޮލަކަށް ޖެހޭ ނިސްބަތް 5000 ޑޮލަރުން 10000 ޑޮލަރަށް އުފުއްލާލުމަށް ދިވެހިންގެ އިޤްތިޞާދަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާ އައު ޕަސެންޖަރ ޓަރމިނަލްއާއެކު ޚިދުމަތް ހޯދަން ފަސޭހަ އެއަރޕޯޓަކަށް ދިވެހިންގެ އެއަރޕޯޓް ހެދުމެވެ. އައު ފިއުލްފަރމްގެ ޚިދުމަތާއެކު، ދިވެހިންގެ އެއަރޕޯޓްގައި ފިއުލް ރައްކާކުރެވޭ ނިސްބަތް 3 ގުނަ އިތުރުކޮށް، ފިއުލް ފޯރުކޮށްދިނުމުގެ ޤާބިލްކަން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރާ ވިޔަފާރިވެރިންނަށް ފަސޭހަ ތަނަވަސް އައު ކާގޯ ޓަރމިނަލްއެއް ބިނާކުރުމެވެ. އެއަރޕޯޓްގައި ބޯޓް ފަހަރު ޕާކް ކުރުމަށް ޚާއްސަ އައު އޭޕްރަންއެއް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްފެންވަރަށް ތަރައްޤީކުރުމެވެ. އެއްބިލިއަން ޑޮލަރުގެ މި މަޝްރޫއަކީ އެއަރޕޯޓުގެ ތާރީޚުގައިވެސް މިހާތަނަށް ކުރިއަށްދާ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫއުކަން ފާހަގަކޮށްލެވެއެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ކުރިއަށްގޮސްފައިވާ ހިސާބަށް ބަލާއިރު، އައު ރަންވޭ އެޅުމުގެ އަމަލީ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމާފައެވެ. ސީޕްލޭން ޓާމިނަލު ބިންހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު، މިއަހަރު ނިމުމުގެ ކުރިން އެއަރޕޯޓް ތަރައްޤީ މަޝްރޫޢުގެ ހުރިހާ އަމަލީ މަސައްކަތްތައް ފެށިގެންދާނޭކަމަށް އެމްއޭސީއެލުން ބުނެއެވެ.  

ޓެގު