English Edition
Dhivehi Edition
ނ. މާފަރުގެ މަންޒަރެއް - ފޮޓޯ: ފޭސްބުކް

ނ. މާފަރުގެ ޞިއްޙީ މަރުކަޒުގެ ތިޖޫރީ ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މާފަރު ޞިއްޙީ މަރުކަޒު ފަޅާލައިގެން ވައްކަން ކޮށްފައިވާ މައްސަލަ އިއްޔެ 11:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ޞިއްޙީ މަރުކަޒުގެ ތިޖޫރީން ގާތްގަނޑަކަށް 7،000ރ. ވަގަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުޤީގުކުރަމުން އަންނައިރު އަދި މިހާތަނަށް އެ މައްސަލަ އާއި ގުޅިގެން އެއްވެސް ބަޔަކު ހައްޔަރުކުރި ކަމެއް ނޭނގެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސްތަކުންނާއި ގެތަކުން ވައްކަން ކުރާކަމީ އަބަދުވެސް އަޑުއިވޭ ވާހަކައެވެ. ބައެއް މައްސަލަތަކުގައި ވައްކަން ކޮށްފައިވާ ފައިސާ އާއި މުދާ ހޯދައި އެކަންކުރި މީހުން ހައްޔަރު ކުރާ ނަމަވެސް، ބައެއް ފަހަރު ގެއްލޭ މުދާތައް ނުހޯދިވެސް ދެއެވެ.