English Edition
Dhivehi Edition
ޅ. އަތޮޅު ހޮސްޕިޓަލް - ފޮޓޯ: އަލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ޅ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިއަކު މަރުވެފައިވާކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:30 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މަރުވެފައި ވަނީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެމީހާ ގިނަ އިރުތަކެއް ވަންދެން ޑައިވް ކުރުމަށްފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮތްތަން ފެނުމުން ޑައިވިން އިންސްޓްރަކްޓަރު އޭނާ ބޯޓަށް ނެގުމަށްފަހު ސީޕީއާރާއި އޮކްސިޖަން ދީފައިވާ ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިމަހުގެ ހަަތަރުވަނަ ދުވަހު ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ އުމުރުން 59 އަހަރުގެ އެމެރިކާގެ ފިރިހެން ފަތުރުވެރިއަކުވެސް ވަނީ ގެނބިގެން މަރުވެފަ އެވެ.