English Edition
Dhivehi Edition
އަންހެން ކުއްޖާގެ ގަޔަށް ކުޅު ޖެހި މީހާ ހައްޔަރުކުރުމުގައި ފުލުހުން ޙަރަކާތްތެރިވަނީ - ފޮޓޯ: އެމްވީ ކްރައިސިސް

މާލޭގެ މަގުމަތީގައި ހުރި އަންހެން ކުއްޖެއްގެ ގަޔަށް މީހަކު ކުޅު ޖެހި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މަގުމަތީގައި ހުރި އަންހެނެއްގެ ގަޔަށް ހިނގާފައި ދިޔަ މީހަކު ކުޅުޖަހާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރުފަހު 01:59 ހާއިރު ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން އުމުރުން 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާއަކީ މާލޭ ސޯމާސެޓް ހޮޓެލްގެ ރިސެޕްޝަންގައި މަސައްކަތްކުރާ ކުއްޖެކެވެ. އަދި އެކުއްޖާގެ ގަޔަށް އެ ފިރިހެން މީހާ ކުޅު ޖަހާފައި ވަނީ އެކުއްޖާ ބުރުގާ އަޅާފައި ހުރި ގޮތް ކަމު ނުގޮސްގެން ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.