ދިވެހި ސަރުކާރުން ދީފައިވާ އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަމުން ދަރުމަވެރިޔާ އަހުމަދު ހިޝާން ދުރުކޮށްފި އެވެ. މިއަދު ހިޝާން އެ މަގާމުން ދުރުކުރިއިރު ފުލުހުން ދަނީ އޭނާއާއި ގުޅޭ މައްސަލައެއް ބަލަމުންނެވެ.
Press Statement: 459-MD/2020/07#GenderNoosBayaan#MoGFSSNoosBayaan pic.twitter.com/6mJUcZxMDJ
— Ministry of Gender, Family and Social Services (@MoGFSSmv) February 2, 2020
ޖެންޑަރ މިނިސްޓްރީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އިޖުތިމާޢީ ގޮތުން ޚިދުމަތްކުރެއްވުމަށް ޓަކައި އޮނަރަރީ މަޤާމުތަކުގައި ހުންނަވާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި ޢާންމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމަށެވެ.
އަދި ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 ޑިސެންބަރު 2019ގައި ބޭއްވި ރިވެލި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި “އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރ”ކަން އެރުވިފައިވާ އަޙްމަދު ހިޝާންއާ ގުޅުން ހުރި މައްސަލައެއް ފުލުހުން ބަލަމުންދާކަން މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ އޮނަރަރީ މަޤާމުން ހިޝާން މިއަދު ދުރުކުރެވިފައިވާ ކަމަށެވެ.
ހިޝާންގެ މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް ފުލުހުން ބަލަމުން އަންނަނީ ހިޝާންގެ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެއެވެ.