English Edition
Dhivehi Edition
ޓެސްޓް ހައްދަން ގެންދިއުމުން ފިލި އައިސަރު ނަސީމް - ފޮޓޯ: އެމްވީ ކްރައިސިސް

އައިޖީއެމްއެޗް އަށް ޓެސްޓް ހައްދަން ގެންދިޔަ ގައިދީއަކު ފިލައިގެން އޭނާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ފަށައިފި އެވެ.

ކަރެކްޝަންސް އިން ބުނީ މިއަދު މާލޭ ޖަލުން ހެލްތު ސްކްރީނިންގ ހެއްދުމަށް އައިޖީއެމްއެޗް އަށް ގެންދިއުމުން ފިލާފައިވަނީ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް (ވެލީގޭ، ގދ. ރަތަފަންދޫ) ކަމަށެވެ. އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމް ތަންފީޒްކުރަމުން އަންނަ މީހަކަށްވާއިރު، އޭނަ ހޮސްޕިޓަލް ތެރެއިން ފިލާފައިވަނީ މިއަދު ހެނދުނު 08:24 ހާއިރު ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްސީއެސް އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާއިރު، އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

މި މައްސަލައާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އަދި ލިބިފައެއްނުވެއެވެ. ކަރެކްޝަންސް އިން ބުނީ އެކަން ހިނގައިދިޔަ ގޮތް މިހާރު ބަލަމުން އަންނަ ކަމަށެވެ.