English Edition
Dhivehi Edition

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިންމީހުންނަށް ކުރެވެނީ ތަފާތު ތުހުމަތު ތަކެއް ކަމަށް ޕޮލިހުން ވިދަޅުވެއްޖެއެވެ.

މިވަގުތު ޖެންޑަރ މިނިސްޓްރީ އާއި ފުލުހުން ބާއްވަމުންދާ ނިއުސްކޮންފަރެންސް ގައި ޕޮލިހުންވިދާޅުވީ، ދެމީހަކަށް ،ކާފަޢާއި، މުނިކާފައަށް ކުރެވެނީ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ކުށްކަމަށާއި، ކުއްޖާގެ ބައްޕައަށް ކުރެވެނީ ދަރިފުޅުށް އިހްމާލު ވުމުގެ ތުހުމަތެވެ.

މިމައްސަލާގައި ތުޙުމަތު ކުރެވޭ 82 އަހަރުގެ މީހާ، ކުއްޖާގެ މުނިކާފައަކީ މީގެ ކުރިން ވެސް މީހަކަށް ޖިންސީ ގޯނާކޮށްގެން އޭނަގެ މައްޗަށް ތަޙްޤީގު ހިންގާފައިވާ މީހެކެވެ.

މި ކުއްޖާ ރޭޕްކުރުމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ މި ކުއްޖާގެ ކާފަ އާއި މުނިކާފަ މާލެ ގެނެސް، ދޫނިދޫގައި ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ.

މި ދެމީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައި ވަނީ، ގއ. ގެމަނަފުށީ މެޖިސްޓްރޭޓްކޯޓަށެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ތުއްތު ކުއްޖާގެ ބައްޕަ ވެސް ހުޅުމާލެ ފްލެޓެއްގައި “ފިލާ” އޮއްވާ އާންމުން އެތަނުގެ ބޭރަށް މުޒާހަރާ ކުރަން ފެށުމުން، ފުލުހުން ވަނީ އޭނާ ރޭ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ. އެތަނަށް އާންމު އެއްވެ ކުރި މުޒާހަރާގައި އެ ފްލެޓްގެ ބިއްލޫރިތައް ތަޅާލައި ބައެއް އާންމުންނާއި ފުލުހުންނަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މިއަދުގެ ފުލުހުންގެ ނޫސްކޮންފަރެންސްގައި ފުލުހުން އެދިފައިވަނީ ކުއްޖާގެ ޙައްޤުހޯދުމަށް ކުރާ މަސައްކަތުން އެހެން ބައެއްގެ ޙައްޤުތަކަށް އަރައި ގަނެވޭ ގޮތަށް ޢަމަލުތައް ޢާއްމުން ނުބެހެއްޓުމަށެވެ.

މަންމައަކީ މަސްތުވާތަކެތީގެ މާހައުލަށް ހުށަހެޅިފައިވާ މީހެއް ކަން ، ޖެންޑަރ މިނިސްޓްރީއަށް އެގިފައިނުވާ ކަމަށް މިނިސްޓަރވަނީ މިއަދު ވިދާޅުވެފައެވެ.