English Edition
Dhivehi Edition
އައްޑޫ ސިޓީގައި ހިންގާ ސެލޫނެއް - ފޮޓޯ: އޭއޯ ނިއުސް

ބިއުޓީ އެންޑް ހެއާ ކެއާއާއި ތެރަޕިއުޓިކް މަސާޖަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ޚިދުމަތް ދެމުން ގެންދިޔަ މަޝްހޫރު “ވެލްނެސް ސެންޓަރ ބައި ނިޝީ” ގެ ޚިދުމަތް އައްޑޫ ސިޓީގެ ފޭދޫގައި ދޭން ފަށައިފިއެވެ.

ފޭދޫ ބޮޑުމަގުގައި ހުންނަ “އޯސިސް” މަލްޓި ޕާޕަސް އިމާރާތުގައި ހުޅުވައިގެން ޚިދުމަތް ދޭން ފަށާފައިވާ މި ސެންޓަރަކީ ޒަމާނީ ފެންވަރުގެ ޚިދުމަތް ތަކާއެކު ތަޖުރިބާކާރު ތެރަޕިސްޓުންގެ ޚިދުމަތް ލިބިގެންދާނެ ތަނެކެވެ. ބްރޭންޑެޑް ސާމާނު ބޭނުންކޮށްގެން އެ ތަނުންދޭ މި ޚިދުމަތް ފުރިހަމަ ވެފައި ކަސްޓަމަރުން ހިތްހަމަޖެހެއެވެ. ތެރަޕިއުޓިކް މަސާޖާއި ބިއުޓީ އެންޑް ހެއާ ކެއާ، މޭކްއަޕާއެކު ތަފާތު ޕެކޭޖްތައް ހިމަނާފައި ވާއިރު އަގުތަކާ މެދު ޚިދުމަތް ހޯދާ ފަރާތްތަކުން ނުހަނު ހިތްހަމަ ޖެހެއެވެ.

އަންހެން އަދި ފިރިހެންކުދިންނާއި ބޮޑެތި މީހުންނަށް ޚިދުމަތް ދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ސެންޓަރުން މާބަނޑު މީހުންނަށް ހާއްސަ ހިދުމަތްތައް ދޭއިރު ސްޕޯޓްސް އިންޖަރީތަކުގެ މަސާޖު ވެސް ދެއެވެ. މީގެ އިތުރުން ކައިވެނި ހަފްލާތަކަށް މޭކަޕްކޮށްދިނުމާއި ރީތިވުމަށް ބޭނުންވާ ބްރޭންޑެޑް ސާމާނު ވެސް މި ސެންޓަރުން ލިބެން ހުރެއެވެ.

އާންމުކޮށް މިފަދަ ޚިދުމަތް ދިނުމަށް ހަދާފައި ހުންނަ ތަންތަނާއި މި ސެންޓަރު ތަފާތެވެ. ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ކޮޓަރިތައް ބޮޑުވެފައި އަރާމެވެ. ތަނުގެ ތެރޭގައި ހުންނަ މީރު ވަހާއި މަޑުމިޔުޒިކްގެ އަޑުން ހިތްހަމަޖެހެއެވެ. އެއަށްވުރެ ބޮޑަށް ހިތްހަމަ ޖެހުން ގެނެސްދެނީ ލިބޭ ޚިދުމަތާމެދުގައެވެ. ތަޖުރިބާކާރު ތެރަޕިސްޓްގެ ޚިދުމަތް ފުރިހަމަ ވެފައި ފެންވަރު ރަނގަޅެވެ. ބޭނުންކުރާ އިޓަލީގެ ބްރޭންޑެޑް ސާމާނުތަކާ މެދު އެއްވެސް މައްސަލައެއް ނެތެވެ. ގިނަ ތަންތަނުން އާދައިގެ ފޭޝަލް އެއް 15 މިނެޓުން ނިންމާލާއިރު އެފަދަ ޚިދުމަތެއް މިތަނުން ދެނީ އެއްގަޑި އިރުންނެވެ. ޚިދުމަތް ހޯދުމަށް ދާ ކަސްޓަމަރުން އެތަނުން ދަނީ ހިތް ހަމަޖެހިގެން އަލުން އެތަނަށް އަދި އަންނާނެ ކަމަށް ބުނަމުންނެވެ.

“މިފެންވަރުގެ ތަނެއް އައްޑޫގައި ނެތުމުގެ ޝަކުވާ އަބަދުވެސް ކުރަން. ވެލްނެސް ސެންޓަރ ހުޅުވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ” އެތަނުން ޚިދުމަތް ހޯދި ކަސްޓަމަރަކު ބުންޏެވެ.

ވެލްނެސް ސެންޓަރ ގެ ފައުންޑަރ އަދި އެމްޑީ އާމިނަތު ނިޒްނާ ބުނީ އަލަށް ހުޅުވި މި ސެންޓަރުން މިވަގުތު ޚިދުމަތް ދެނީ ޚާއްޞަ ޑިސްކައުންޓް ރޭޓެއްގައި ކަމަށާއި ޚިދުމަތް ހޯދާ އެއްވެސް ފަރާތަކުން އަގާ މެދު މައްސަލަ ނުޖައްސާ ކަމަށެވެ. މީގެ އިތުރުން ވެލްނެސް ސެންޓަރގެ ގިފްޓް ވައުޗަރ ވެސް މިހާރު ލިބެން ހުންނާނެ ކަމަށް ނިޒްނާ ބުންޏެވެ.

ވެލްނެސް ސެންޓަރ ގައި ތެރަޕިސްޓެއްގެ ގޮތުގައި ބިދޭސީ އަންހެން ކުއްޖަކު ޚިދުމަތް ދެމުން އަންނައިރު ބިއުޓީ އާއި ހެއަރ ކެއާރ ގެ ޚިދުމަތް ދެނީ އެ ކަމުގެ ޚާއްޞަ ތަޖުރިބާކާރު ދިވެހި އަންހެން ކުއްޖެކެވެ. ދެ ޖިންސުގެ މީހުންނަށް ވެސް މިހާރު މި ޚިދުމަތް އެ ސެންޓަރުން ލިބެއެވެ.

“ވަރަށް ހެޔޮ އަގުގައި އަންހެން އަދި ފިރިހެން ކުދިންނާއި ބޮޑެތި މީހުންގެ ބޯ ކޮށައިދިނުމުގެ ޚިދުމަތް މިހާރު ދޭން މި ފަށަނީ. އާދީއްތަ ދުވަހުން ފެށިގެން އެ ޚިދުމަތް ދެވެން ފަށާނެ” ނިޒްނާ ބުންޏެވެ.

ހުޅުމާލޭގައި ހުޅުވައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ މަގުބޫލުކަން ހޯދި “ވެލްނެސްސެންޓަރ ބައި ނިޝީ” ގެ ކޮންސެޕްޓަކީ ތަފާތު ކޮންސެޕްޓެކެވެ. އެންމެ ހާއްސަ ކަމަކީ ކްލަޔަންޓުންނަށް ދީފައި އޮންނަ ޕްރައިވެސީއެވެ. އަދި ބޭނުންކުރާ ޒަމާނީ މެޝިނަރީސް ތަކާއި ތަނުގެ އިންޓީރިއާ ޑިޒައިނިން އެވެ.

ވެލްނެސް ސެންޓަރ ގެ ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން 9633355 މި ނަމްބަރަށް ގުޅުމުން އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ.

 

1 ކޮމެންޓް
އަލްމާ
ޖެނުއަރީ 11, 2020
މީ ޙުސް ފޭކް މޭކަޕް. ޢަލީ ޢކްސްޕްސް އިން ގިނަގޭން