English Edition
Dhivehi Edition
އައްޑޫސިޓީގެ ފޭދޫގައި ޚިދުމަތް ދެމުން އަންނަ ވެލްނެސް ސެންޓަރ ބައި ނިޝީ އިން، ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކަސްޓަމަރުންނަށް ޚާއްޞަ ގިފްޓް ވައުޗަރ އެއް ތައާރަފްކޮށްފިއެވެ.
ވެލްނެސް ސެންޓަރގެ އިތުރުން އެ ސެންޓަރުގެ ފަރާތުން ހުޅުމާލޭގައި އަލަށް ފަށައި ޚިދުމަތް ދެމުން އަންނަ ފުޓްރަބް އިން ވެސް ގިފްޓް ވައުޗަރ ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަންހެނުންގެ ދުވަސް ކަމަށްވާ، މާޗް މަހުގެ 8 ވަނަ ދުވަހަކަށް ޚާއްޞަކޮށްގެން ތައާރަފް ކުރި މި ގިފްޓްވައުޗަރ އަކީ 500 ރުފިޔާއާއި 1000 ރުފިޔާގެ ވައުޗަރ ކަމަށް އެފަރާތުން ބުނެއެވެ.
“އަންހެނުން ގެ ދުވަހާއި ގުޅުވައިގެން ހަދިޔާއަކަށް މީގެ ވައުޗަރ އެއް ދިނުމުން ހަދިޔާ ލިބޭ ފަރާތުން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް، ފަސޭހަ ދުވަހެއްގައި ވައުޗަރ ހިފައިގެން އައުމުން ވައުޗަރ ގައި ކަނޑައެޅިފައިވާ ރޭޓަށް ޚިދުމަތް ލިބޭނެ” ވެލްނެސް ސެންޓަރ ގެ ފައުންޑަރ އަދި އެމްޑީ އާމިނަތު ނިޒްނާ ވިދާޅުވިއެވެ.
ބިއުޓީ އެންޑް ހެއާ ކެއާއާއި ތެރަޕިއުޓިކް މަސާޖަށް ޚާއްޞަކޮށްގެން އައްޑޫސިޓީގެ ފޭދޫގައި ޚިދުމަތް ދެމުން އަންނަ މަޝްހޫރު “ވެލްނެސް ސެންޓަރ ބައި ނިޝީ” އަކީ އައްޑޫގެ ގިނަ ބަޔަކު އެތަނުން ޚިދުމަތް ހޯދަމުން އަންނަ އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލު ތަނެކެވެ. މިތަނުން
އަންހެނުނާއި ފިރިހެނުން އަދި ކުޑަކުދިންނަށް ވެސް ތަފާތު ހިދުމަތްތަކެއް ދެއެވެ. އެގޮތުން ތެރަޕިއުޓިކް މަސާޖާއި ބިއުޓީ އެންޑް ހެއާ ކެއާ، މޭކްއަޕާއެކު ތަފާތު ޕެކޭޖްތައް ހިމަނާފައި ވެއެވެ. އަދި މާބަނޑު މީހުންނަށް ހާއްސަ ހިދުމަތްތައް ދޭއިރު ސްޕޯޓްސް އިންޖަރީތަކުގެ މަސާޖު ވެސް ދެއެވެ.
ތަފާތު އެކި މުނާސަބާތަކާއި ގުޅުވައިގެން މީގެ ކުރިން ވެސް ވެލްނެސް ސެންޓަރ އިން ގިފްޓް ވައުޗަރ ތައާރަފު ކޮށްފައިވެއެވެ.