English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓްރީ އިން އާ އަހަރު ފެށުން ފާހަގަކުރުމަށް ބޭއްވި ޝޯގެ ތެރެއިން - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

“ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ “ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ” ގައި ބައިވެރިވާން ޝައުޤުވެރިވެލައްވާ ފަންނާނުން، މިއަދުން ފެށިގެން މިހިނގާ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ ޝޯތަކަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ޑެސްޓިނޭޝަންތައް ސިންދަފާތުކޮށް، ދިވެހި ހުނަރުވެރި ފަންނާނުންގެ ހުނަރުތަކާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކުރަން ނިންމާފައިވާ ހަރަކާތެކެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އިން ވަނީ “ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ” ހޮސްޓްކުރަން ޝައުޤުވެރިވެލައްވާ ރަށްތަކަށްވެސް އެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ޝޯތައް ހޯސްޓްކުރުމަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީވެސް ޖެނުއަރީ 19 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.